ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ އުންމީދީ ފިލްމު "ބަޓްވާރާ 1947" އަށް އިންޑިއާގެ ސެންސަރު ބޯޑުން އެއްވެސް މަންޒަރެއް އުނިކުރުމަކާ ނުލައި "އޭ" ސެޓްފިކެޓް ދީފިއެވެ.
މި އުފާވެރި ޚަބަރު ސަނީ ޑިއޯލް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.
ސަނީ ޑިއޯލް ހާމަކުރި ގޮތުގައި، ސެންޓްރަލް ބޯޑް އޮފް ފިލްމް ސާޓިފިކޭޝަން އިން މި ފިލްމަށް ހުއްދަ ދީފައިވަނީ އެއްވެސް މަންޒަރެއް ކަނޑާލުމަށް އެދުމަކާ ނުލައެވެ. "އިންސާނިއްޔަތާއި ލޯތްބާ ގުޅޭ މި ފިލްމު އެއްވެސް ބަދަލެއް ނުގެނެސް ފާސްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" ސަނީ ބުނެފައިވެއެވެ. އޭނާ ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް މި ފިލްމު އަންނާނެކަން އިއުލާންކޮށްފައެވެ.
މި ފިލްމަކީ ސަނީ ޑިއޯލްގެ މަންމައަށާއި ދުނިޔޭގެ ހުރިހާ މަންމައިންނަށް އޭނާ ހަދިޔާކުރާ ފިލްމެކެވެ. މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ސަނީ ބުނީ އޭނާގެ މަންމައަކީ އޭނާގެ ހުރިހާވެސް ބާރަކާއި ހިތްވަރު ކަމަށެވެ.
"ބަޓްވާރާ 1947" އަކީ އަސްގަރު ވަޖާހަތުގެ މަޝްހޫރު ތަމްސީލު "ޖިސް ލާހޫރް ނައި ދޭކްޔާ، އޯ ޖާމްޔާ އީ ނައި"
އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. 1947 ގެ އިންޑިއާ-ޕާކިސްތާން ބައިބައިވުމުގެ ދުވަސްވަރުގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީ އިންސާނިއްޔަތާއި، އުންމީދާއި ގުރުބާނީގެ ވާހަކައެކެވެ.
މި ފިލްމަކީ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ފިލްމެކެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންޓާ އަލުން ފިލްމީ ދާއިރާއަށް އެނބުރި އަންނަ ފިލްމެވެ. އަދި މިއީ ގާތްގަނޑަކަށް 30 އަހަރުގެ މެދުކެނޑުމަކަށްފަހު، މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީއާއެކު ސަނީ ޑިއޯލް މަސައްކަތްކުރާ ފިލްމުވެސް މެއެވެ. މީގެ ކުރިން މި ދެމީހުން ވަނީ "ގާޔަލް" އަދި "ދާމިނީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައެވެ.
އާމިރު ޚާން ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އޭ.އާރް ރަހްމާނެވެ. އަދި ލަވަތަކުގެ ޅެން ލިޔެފައިވަނީ ޖާވިދު އަޚްތަރެވެ. މިއީ މިއަހަރުގެ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ނެރޭ އެންމެ ބޮޑު އެއް ފިލްމަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު