ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މީޑިއާތަކުން ރަށްރަށުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ބަހުރުވައަށް މަލާމާތްކުރުމަކީ ބުލީކުރުން ނުވަތަ ގަނާކުރުމުގެ އަމަލެއްގެ ގޮތުގައި އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާގް ސިފަކުރައްވައިފިއެވެ.
ފިރާގް މިހެން ވިދާޅުވީ މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ބުލީކުރުމަކީ ހަމައެކަނި ސްކޫލްތަކުގެ ތެރޭގައި ކުޑަކުދިންނަށް ދިމާވާ ކަމެއް ނޫން ކަމަށާއި، މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމު ދިރިއުޅުމުގައި ވެސް މިފަދަ ކަންކަން ހިނގަމުންދާ ކަމަށެވެ.
ޚާއްޞަކޮށް ދައުލަތުން ސްޕޮންސަރކުރާ މީޑިއާތަކުން ރަށްތަކުގައި ދިރިއުޅޭ މީހުންގެ ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، އެމީހުން ވާހަކަދައްކާ ބަހުރުވައަށް މަލާމާތްކޮށް ހެދުމަކީ ބުލީގެ ވައްތަރެއް ކަމަށް ފިރާގް ފާހަގަކުރެއްވިއެވެ.
"އާންމު މުއައްސަސާތަކާއި މީޑިއާގެ ޒިންމާއަކީ މައުލޫމާތު ދިނުމާއި، ތައުލީމު ދިނުމާއި، ވިސްނުން އުފެއްދުމެވެ. މުޖުތަމައުތަކަށް މަލާމާތްކުރުން ނުވަތަ ބައިބައިކުރުމެއް ނޫނެވެ،" ފިރާގްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ފިރާގް ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް ކޮންމެ ތަނެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް، އެމީހެއްގެ އިޙްތިރާމާއި ގަދަރު އަބަދުވެސް ދަމަހައްޓަންޖެހޭނެ ބައެއް ކަމަށެވެ.
ފިރާގް މިހެން ވިދާޅުވެފައި މިވަނީ، ދައުލަތުން ސްޕޮންސަރ ކުރާ މީޑިއާއަކުން ގެނެސްދިން އިޝްތިހާރެއްގައި ރަށްފުށު ރައްޔިތުންނަށް ފުރައްސާރަކުރާ ފަދަ ބަސްމަގު ގެނެސްފައިވާތީ، ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު