ވެމްކޯގެ ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައިދިޔަ ކުނިތައް ހދ. ކުނބުރުދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ "އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން" ކަމަށް ވިދާޅުވެ، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރާ މައި މަރުކަޒު، ތިލަފުށީގައި ޖުލައި 19 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސައިޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކުނި ބަލައިގަތުމުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރާފައެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ހާމަކުރެއްވި ގޮތުގައި، އެ ހާދިސާގައި އަނދައިދިޔަ ކުނިތައް ހދ. ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ނިންމުމާ ގުޅިގެން މޭޔަރު އާތިފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މާލެ ކައިރީގައި، ގުޅީފަޅު، އުތުރު ތިލަފަޅު، ހުޅުމާލެ 3 ވަނަ ފިޔަވަހި އަދި ފުށިދިއްގަރު ފަޅު ކަހަލަ ބޮޑެތި ފަޅުތައް އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ހިއްކަމުންދާއިރުވެސް، ހދ. އަތޮޅު ފަދަ ފަޅުރަށްތައް މަދު އަތޮޅެއްގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަށް މުޅި ގައުމުގައި އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން. އަދި މި ސަރަހައްދުގެ ކުނިވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަކަށް ނުދެކެން،" މޭޔަރު ވިދާޅުވިއެވެ.
އާތިފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާ ނިސްބަތްވާ އެމްޑީޕީގެ ސަރުކާރުން ކުނބުރުދޫގައި ވޭސްޓް މެނޭޖުމަންޓު ފެސިލިޓީއެއް ގާއިމުކުރަން ނިންމި ހިނދުވެސް އޭނާ ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އަދި އެ ފެސިލިޓީ ހދ. ކަނޑުމާވައިދޫ ފަދަ އެކަށީގެންވާ ރަށަކަށް ބަދަލުކުރުމަށް އޭރުވެސް ވަކާލާތު ކުރެއްވި ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު