ދުނިޔޭގެ އެންމެ ބޮޑު ކޮންޓޭނަރު ޝިޕިންގް ލައިން، މެޑިޓަރޭނިއަން ޝިޕިންގް ކޮމްޕެނީ (އެމް.އެސް.ސީ) އިން އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރުމުގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
އެމް.އެސް.ސީ އިން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 2،850 އަށްވުރެ ގިނަ ޓީ.އީ.ޔޫ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރާއްޖޭގައި އެމް.އެސް.ސީ ތަމްސީލުކުރާ ސެންޗޫރިއަން އިން މިއަދު ވަނީ ބުނެފައެވެ. މި ތާރީޚީ ކާމިޔާބީ ފާހަގަކޮށްފައިވަނީ، އެމް.އެސް.ސީގެ ފީޑަރު އުޅަނދެއް ކަމަށްވާ "އެމް.ވީ މަނާސާ" މިއަދު މާލެއަށް ބަނދަރުކުރުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް މަސްދުވަހުގެ ތެރޭގައި އެއް ޝިޕިންގް ލައިނަކުން ރާއްޖެއަށް އެތެރެކުރި އެންމެ ގިނަ އަދަދުގެ މުދާ ކަމަށް ބެލެވެއެވެ.
މި ރެކޯޑު ގާއިމުކުރެވިފައި މިވަނީ ރާއްޖޭގެ ވިޔަފާރި މަގުތަކުގައި ދިމާވާ ގޮންޖެހުންތަކާ އެކުގައެވެ. އޭގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އުޅަނދުތަކުގެ ތާވަލުތައް ފުރިފައިވުމާއި، ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރުތަކުގެ އިތުރުން ކޮލަމްބޯ އާއި މާލެއާ ދެމެދު ފީޑަރު ކަނެކްޝަންތައް ވިލަރެސްކުރުމުގައި ހުރި ދަތިތައް ހިމެނެއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހުމަދު މައުމޫން ވިދާޅުވީ، އެއް މަސްދުވަހުގެ ތެރޭގައި 2،850 ޓީ.އީ.ޔޫ އަށްވުރެ ގިނަ މުދާ އެތެރެކުރުމަކީ އެމް.އެސް.ސީ އަށާއި ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ދިވެހި ވިޔަފާރިވެރިން އެމް.އެސް.ސީގެ ޚިދުމަތްތަކަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ރެކޯޑު ގާއިމުކުރެވިފައި މިވަނީ ދާދިފަހުން އެމް.އެސް.ސީގެ އިންޑިއާ ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ ކްރިޝްނާ ކުމާރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި، ރާއްޖޭގެ ބަނދަރުތައް ތަރައްގީކުރުމާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް އެމް.އެސް.ސީ އިން އެއްބާރުލުން ދިނުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.
އެމް.އެސް.ސީ އަކީ ދުނިޔޭގެ 155 އަށްވުރެ ގިނަ ގައުމަށް ޚިދުމަތްދޭ، ގާތްގަނޑަކަށް 1،000 އުޅަނދުގެ ފްލީޓެއް އޮންނަ ކުންފުންޏެކެވެ. މި ކުންފުނީގެ ވަރުގަދަ ނެޓްވޯކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ ބޮޑެތި މާކެޓްތަކާ ސީދާ ގުޅުން ގާއިމުކޮށް، ކާބޯތަކެއްޗާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ރިސޯޓް ސަޕްލައި ފަދަ މުހިންމު ތަކެތި އިތުބާރާއެކު އެތެރެކުރުމުގެ މަގު ފަހިވެގެންދެއެވެ.
ސެންޗޫރިއަން އިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް އެމް.އެސް.ސީ އާއި، ބަނދަރުގެ ކަމާބެހޭ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު