މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެފަހުގެ އިޤްތިޞާދީ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ ޖުމްލަ 16،991 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 44،791 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 62 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. އެގޮތުން 13،083 މެޓްރިކް ޓަނުގެ ތާޒާ އަދި ފިނިކުރި މަސް ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 67 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ދަށްވުމެއް ފެންނަނީ ފިނިކުރި އަދި ތާޒާ ކަޅުބިލަމަހުންނެވެ. އެ ބާވަތުގެ 10،603 މެޓްރިކް ޓަނު ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 36،112 މެޓްރިކް ޓަނާ އަޅާބަލާއިރު 70 އިންސައްތަ ދަށް އަދަދެކެވެ. މީގެ އިތުރުން، ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެފައެވެ.
މަސް ބޭރުކުރި މިންވަރު މިހާ ބޮޑަށް ދަށްވެފައިވަނީ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވުމުގެ ސަބަބުން ކަމަށް ރިޕޯޓުން ދައްކައެވެ. ނަމަވެސް، މަސްވެރިކަން ދަށްވި ނަމަވެސް މި މުއްދަތުގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު ވަނީ މަތިކޮށްފައެވެ. އަހަރުގެ ކުރީކޮޅު ކަޅުބިލަމަހުގެ ކިލޯއެއް 16 ރުފިޔާއަށް ގަތް ނަމަވެސް، މިހާރު މަސްވެރިންގެ އަތުން މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިނާރާ ކަމަށްވާއިރު، ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ފެސިލިޓީތައް އިތުރަށް ތަރައްޤީކޮށް، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު