މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޫކޮށްފައިވާ ބިމެއްގައި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުންފުނިން ހަދާފައިވާ އިމާރާތް ހުސްކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި މައްސަލައަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި، އޮއްޕޮގެ "ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް" އަށް އެއްވެސް ކުއްޔެއް ނެތި 25 އަހަރަށް ދީފައިވާ 2،500 އަކަފޫޓުގެ ބިމަކާ ގުޅޭ މައްސަލައެކެވެ. ފުޓްބޯޅަ އެރީނާއެއް ހެދުމަށް ސަރުކާރުން އެފްއޭއެމަށް ދިން ބިމުން ބައެއް އެ ކުންފުންޏަށް ދިނީ 1.8 މިލިއަން ރުފިޔާގެ ކުނި އުކައިދިނުމުގެ ބަދަލެއްގެ ގޮތުގައި ކަމަށް އޭރު ބުނެފައިވެއެވެ.
ނަމަވެސް، އެފްއޭއެމްގެ ރައީސް ކަމަށް އަހުމަދު ތޯރިގް (ޓޮމް) އިންތިޚާބުވުމަށްފަހު، އެ ބިން ދޫކޮށްފައިވަނީ އެއްވެސް ގާނޫނީ އެއްބަސްވުމެއް ނެތި ކަމަށް ބުނެ އިމާރާތް ހުސްކުރަން އޮއްޕޮގެ ކުންފުންޏަށް ވަނީ އަންގާފައެވެ. މިކަމާ ގުޅިގެން ފިއުޗާ ހޯމްސް އިން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، އެކަށީގެންވާ ބަދަލެއް ނުލިބޭނަމަ އިމާރާތް ހުސްނުކުރާނެ ކަމަށް ބުނެއެވެ. ކޯޓުގައި އެ ކުންފުނިން ބުނެފައިވަނީ އިމާރާތް ހުސްކޮށްފިނަމަ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން އެ ބަދަލު ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ދެ ހަފުތާގެ މުއްދަތެއް ދީފައެވެ. އެ މުއްދަތުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކަށްފަހު، އޮއްޕޮގެ ކުންފުނިން ވަނީ ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައި، އިމާރާތް ހުސްކުރަން އެއްބަސްވެފައެވެ.
އެކަމާގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ދިވެހި ފުޓްބޯޅައިގެ ލެޖެންޑް އޮއްޕޮގެ ކުންފުނިން ނިންމި މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.
"އެ ކުންފުނީގެ މި އަމަލުން ދައްކުވައިދެނީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް އެ ކުންފުނިން އަހައްމިއްޔަތުކަން ދޭ މިންވަރާއި، ފުޓްބޯޅަ އާއިލާއަށް ހެޔޮ ނަތީޖާއެއް ހޯދައިދިނުމަށް ދޭ އެހީތެރިކަން." އެ ބަޔާނުގައިވެއެވެ. އަދި އެ އިމާރާތާއި ބިން ދެން ބޭނުންކުރާނީ ފުޓްބޯޅައިގެ ތަރައްގީގެ ކަންކަމަށް ކަމަށްވެސް އެފްއޭއެމުން ބުނެފައިވެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި އެފްއޭއެމްގެ އެކްސްކޯއިން ވަނީ ޓޮމް ހިމެނޭހެން ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.
އޮއްޕޮގެ ކުންފުނިން އެބިމުގައި ވަނީ ދެ ބުރީގެ ގުދަނެއް އަޅާފައެވެ. އެތަން ދޫކޮށްފައި ވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް ބުނި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ރަސްމީ އެއްބަސްވުމެއް އެ އެސޯސިއޭޝަނާއެކު ހަދާފައެއް ނުވެއެވެ. އަދި މި އިމާރާތަކީ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާ ނުލައި ހަދާފައިވާ ތަނެއްކަން ކަމާބެހޭ އިދާރާތަކުން އެފްއޭއެމަށް އަންގާފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު