މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެ، ގާތްގަނޑަކަށް ދެގުނަޔަށް އުފުލިފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހަފްތާ އަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 8،263 ފަތުރުވެރިންނެވެ. ނަމަވެސް، މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ އަދަދު ވަނީ 15،577 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 88.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ކްރޫޒްލައިނާތަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ އަދި މާޗު މަހުގައެވެ. އެގޮތުން ފެބްރުއަރީ މަހު 5،237 މީހުން ޒިޔާރަތްކޮށްފައިވާއިރު، މާޗު މަހު 4،049 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިނާތަކުން ޒިޔާރަތްކޮށްފައިވަނީ 7،010 ފަތުރުވެރިންނެވެ.
ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، ވައިގެ މަގުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ކުޑަކޮށް ދަށްވެފައެވެ. މިއަހަރުގެ މިހާތަނަށް ވިޔަފާރީގެ ބޭނުމަށް އަންނަ މީހުންނާއި، ކްރޫޒްލައިނާތަކުންނާއި ވައިގެ މަގުން އައި މީހުން ހިމެނޭހެން ޖުމްލަ 1،288،648 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1،347،972 މީހުން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓަށް ބަލާއިރު، އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާއިން 17.9 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި 14.7 އިންސައްތައާއެކު އޮތީ ރަޝިއާއެވެ. އަދި ތިންވަނައިގައި 7.9 އިންސައްތައާއެކު އޮތީ އިނގިރޭސިވިލާތެވެ.

ކިޔުންތެރިންގެ ހިޔާލު