އިންސާނެއްގެ ހަޔާތަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ފަޅުކަމަކީ، އާއިލާގެ ބަހާ ކަމުގައިވާ ލޮބުވެތި ބައްޕަ މި ފަނާވަނިވި ދުނިޔެއާ ވަކިވެދިއުމެވެ. މިއަދު އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރި ނަމަ، އެ ހިޔަލުން ލިބޭނެ ހިތްހަމަޖެހުމާއި ރައްކާތެރިކަން މުޅިން ތަފާތުވާނެކަން ކަށަވަރެވެ. ބައްޕަ އަޅުގަނޑުމެންނާ ވަކިވެދިއުމަށްފަހު، އެންމެ ފަހުން ބައްޕަ ފޮނުވި ވޮއިސްމެއިލް ފޮހެލާނެ ހިތްވަރެއް އަދިވެސް އަހަންނަކަށް ނުލިބެއެވެ. އެ އަޑު އިވޭ ކޮންމެ ހިނދެއްގައި، ބައްޕަ އަހަރެންގެ ގާތުގައި ހުރި ފަދަ ފުން އިހްސާސެއް ކުރެވެއެވެ.
އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައަށް ބަލާއިރު، އާއިލީ ރޫޅުންތަކުގެ ސަބަބުން ގިނަ ދަރިން ބޮޑެތިވަނީ ހަމައެކަނި މަންމަގެ އަޅާލުމުގެ ދަށުގައެވެ. ބައްޕައާއި މަންމަ ވަކިން ދިރިއުޅުނު ކަމުގައިވިޔަސް، އަދި ބައްޕަ ދުރުގައި ހުރި ނަމަވެސް، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ބައްޕަ އަދާކުރާ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ. ރާއްޖޭގައި ބައެއް ބައްޕައިން ދަރިންގެ ކަންކަމަށް ފަރުވާކުޑަކުރި ނަމަވެސް، އަހަރެންގެ ބައްޕައަކީ އެ ޒިންމާ ފުރިހަމައަށް އުފުލައި، ދަރިންގެ ބޭނުންތަކަށް އިސްކަންދިން ނަމޫނާ ބައްޕައެކެވެ.
ބައްޕަގެ އެ ހުސް ވޮލެޓާއި، ބާވެފައިވާ ބޫޓަކީ އަމިއްލަ އެދުމެއް ނެތް ގުރުބާނީގެ ނިޝާންތަކެވެ. ބައެއް ރޭރޭ ކާތަކެތި މަދުވުމުން، "ބައްޕަ ހުރީ ބަނޑުފުރިފައި" ކަމަށް ބުނެ އަމިއްލައަށް ބަނޑުހައިކަންމަތީގައި އޮވެ، އަހަރެންގެ ތަށި ފުރާލަދިނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ބައްޕަ އަހަރެމެންނާ ދުރުގައި ހުރި ނަމަވެސް، ކޮންމެ ދުވަހަކު އަހަރެންގެ ހާލު ބަލައެވެ. މިއަދު އަޅުގަނޑު އެންމެ ދެރަވަނީ، ބައެއް ފަހަރު ބައްޕަގެ ފޯނުކޯލްތަކަށް ޖަވާބު ނުދެވި، އެތައް ކޯލެއް "މިސް" ވެފައިވާތީއެވެ. އަޅުގަނޑަށް ގުޅާނުލެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެ ނަމަ، ބައްޕަ ހުންނާނީ ނުހަނު ކަންބޮޑުވެފައެވެ. ފޯނުން ވާހަކަދެކެވޭ ހިނދު ބައްޕަ އަބަދުވެސް ކުރާނީ އޯގާތެރި ސުވާލުތަކެކެވެ. "ދަރިފުޅު ކިހިނެއް؟ ކައިފިންތަ؟ ނަމާދު ކޮށްފިންތަ؟ ސްކޫލް ކަންތައްތައް ކިހިނެއް؟" މިއީ އޭރު އާދައިގެ ޖުމްލަތަކެއް ކަމަށް ހީކުރެވުނަސް، މިއަދު އެނގެނީ އެއީ ބަހުން ބުނެދޭން ނޭނގޭހާ ބޮޑު އޯގާތެރިކަމެއް ކަމެވެ.
އަޅުގަނޑުގެ ހަނދާނުގައި މިއަދުވެސް ކުޑައިރުގެ އެ އުފާވެރި މަންޒަރުތައް ސިފަވަމުންދެއެވެ. ބައްޕަ އަޅުގަނޑު ގޮވައިގެން ޕާކުގައި ކުޅެން އުޅުނު މަންޒަރާއި، އެކުގައި އައިސްކްރީމާއި ސަބްމެރިން ކާން ދިޔަ ހަނދާންތަކެވެ. ބައްޕަ ޓީވީއާއި ރޭޑިއޯ ސްޓޭޝަނުގައި މަސައްކަތްކުރެއްވި ދުވަސްވަރު، ބަންދު ދުވަސްތަކުގައި އަޅުގަނޑު ބައްޕައާއެކު އޮފީހަށް ދަމެވެ. ރޭޑިއޯގެ ލައިވް ޝޯތައް ބައްޕައާއި މަންމަ ހޯސްޓްކުރަމުން ދިޔައިރު، އަޅުގަނޑު ސްޓޫޑިއޯ ތެރޭގައި ހުންނަ ހަނދާންތައް އަދިވެސް އާވެއެވެ. އުމުރުން އެންމެ ތިން އަހަރުގައި، ލައިވް ޝޯގެ ތެރެއިން ބައްޕައަށް ގޮވާލުމުން، އެހުންތެރިންނަށް އަޅުގަނޑު ތައާރަފުކޮށްދިން ވަގުތަކީ ބައްޕަ ފަހުންވެސް ނުހަނު ޝައުގުވެރިކަމާއެކު، އަޅުގަނޑު ކުޑައިރު ދިމާވި އެންމެ ހެއްވާ ކަމެއްގެ ގޮތުގައި ކިޔައިދިން ހަނދާނެކެވެ.
ބައްޕަގެ އަލަމާރިން ފެނުނު ކުޑަ ނޯޓުކޮޅެއްގައި ލިޔެފައިވެއެވެ. "ބައްޕަ 'ދަރިފުޅާ މެދު ފަޚުރުވެރިވަމޭ' ބުނި ކޮންމެ ފަހަރަކު، އެހެން ބުނަން ބޭނުންވި މިންވަރަކީ އެތައް ހާސް ފަހަރެކެވެ." ބައްޕަ ދުރުގައި ހުރި ނަމަވެސް، އަބަދުވެސް އިންތިޒާރު ކުރީ އަހަރެންގެ ސަލާމަތާއި ކާމިޔާބީ އަށެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް ދަރިންގެ އަމަލުތައް ހުންނަ ގޮތުން ހިތަށް ނުހަނު އަސަރުކުރެއެވެ. ބައްޕަ ގުޅާލުމުން "ބިޒީއޭ" ބުނެ ފޯނު ކަނޑާލެވެނީ ކިތައް ފަހަރު ހެއްޔެވެ؟ ބައްޕަ ވަކިން ދިރިއުޅޭތީ، އެއީ ތިމާއާ ގުޅުމެއް ނެތް މީހެއްގެ ގޮތުގައި ދެކި، ކަމޭނުހިތާ ދަރިން އުޅޭކަމީ ހިތާމަހުރި ކަމެކެވެ.
ލޮބުވެތި ޒުވާނުންނޭވެ! ބައްޕަ ވަކިން ދިރިއުޅުނު ކަމުގައިވިޔަސް، ނުވަތަ ތިބާގެ ގާތުގައި ހުރި ނަމަވެސް، އެމީހުންގެ އަގު ވަޒަންކުރާށެވެ. ބައްޕަގެ އެ ވަރުގަދަ، މަސައްކަތުން ކުރަކިވެފައިވާ އަތްތަކުގައި ބޮސްދޭނެ ފުރުސަތު އޮއްވައި އެކަން ކުރާށެވެ. ބައްޕަ ވަކިވެދިއުމަށްފަހު އެ ހުސް ގޮނޑިއަށް ބަލަހައްޓައިގެން ހިތާމަކުރަން ޖެހުމުގެ ކުރިން، ބައްޕައަށް އޯގާތެރިވާށެވެ. ބައްޕަ މިދުނިޔޭގައި ހުރި ނަމަ، މިއަދު އަހަރެން އެންމެ ފަހު ފަހަރަށް ނަމަވެސް ބައްޕަގެ ގައިގައި ބައްދާލާފައި ބުނާނަމެވެ. "ބައްޕާ، އަހަރެން ބައްޕަދެކެ ނުހަނު ލޯބިވަމެވެ." މައިންބަފައިންނަކީ އަގު ނުކުރެވޭނެ ފަދަ މަތިވެރި ނިއުމަތެކެވެ. އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

ކިޔުންތެރިންގެ ހިޔާލު