ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ވީޑިއޯ ފުޓޭޖުތަކުން ދެނެގަނެ، އެ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ދީފިއެވެ.
އެފްޑީސީން މި އިންޒާރު ދީފައިވަނީ ފަހި ޓަވަރުތަކުގެ ކައިރީގައި ޖަމާވެފައި ހުރި ގިނަ އަދަދެއްގެ ކުނިތައް ނައްތާލުމަށް މިއަދު ހެނދުނު ކުރިއަށްގެންދިޔަ "މަދިރިން ރައްކާ" ހަރަކާތުގެ ތެރެއިންނެވެ. މި ހަރަކާތް ފެއްޓެވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެފްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން ވިދާޅުވީ، ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދަކީ ކުނިން ސާފުވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.
ރަޒާން ފާހަގަކުރެއްވި ގޮތުގައި ފްލެޓްތަކުގެ ތިރީގައި މިހާރުވެސް ކެމެރާތައް ހަރުކުރެވިފައިވާ ކަމަށާއި، މި ކެމެރާތަކުގެ ނެޓްވޯކް މަސައްކަތްތައް ނިމުމާއެކު ކުނި އަޅާ މީހުން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ. މިގޮތުން ފާހަގަކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހުޅުމާލެ ޕޮލިހާއި އެޗްޑީސީއާ ހިއްސާކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުނި އަޅާ މަންޒަރު ފެނިއްޖެނަމަ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާއްސަ ހޮޓްލައިން ނަންބަރަކަށް ގުޅައިގެން އެކަން ރިޕޯޓްކުރުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.

ފަހި ފްލެޓު ސަރަހައްދު ސާފުކުރުން، ފޮޓޯ: އެފްޑީސީ
މި ސަރަހައްދުން ކުނި ނެގުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ރަޒާން ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 5,040 ޓަނުގެ ކުނި އެ ސަރަހައްދުން އުކާލެވިފައިވާ ކަމަށެވެ. މި މަސައްކަތަށް އެކަނިވެސް 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން މިދިޔަ މެއި އަދި ޖޫން މަހު އެކަނިވެސް 4.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
އެފްޑީސީގެ އަމާޒަކީ މި ސަރަހައްދު ސާފުކޮށް ނިމުމުން، އެތަން ތަރައްގީކޮށް ގާ އެޅުމާއި، ރައްޔިތުންނަށް ބޭނުންކުރެވޭނެ ހިތްފަސޭހަ ހުސް ބިންތަކެއް (ގްރީން ސްޕޭސް) ގާއިމުކުރުމެވެ. ނަމަވެސް މިކަން ކާމިޔާބުވާނީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއެކު، އަމިއްލަ ތަންތަނުގެ ގޮތުގައި ދެކިގެން ސާފުތާހިރުކަން ދެމެހެއްޓުމުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަހި ފްލެޓްތަކުގެ ވައިބާ ގްރޫޕްތައް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު