ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކިއާރާ އަދުވާނީ ކުޅޭ އައު ފިލްމު "ޓޮކްސިކް" އަކީ އޭނާގެ ފިލްމީ ކެރިއަރު ބަދަލުކޮށްލާނެ މުހިންމު ފިލްމަކަށް ވާނެ ކަމަށް އޭނާ ބުނެފިއެވެ.
ބެންގަލޫރުގައި ބޭއްވި މި ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކިއާރާ ވަނީ މި ފިލްމުގައި އޭނާ ކުޅޭ 'ނާދިއާ' ގެ ކެރެކްޓަރާ ބެހޭގޮތުން ޝައުގުވެރި ވާހަކަތަކެއް ހިއްސާކޮށްފައެވެ.
ކިއާރާ ބުނި ގޮތުގައި މި ފިލްމަކީ އޭނާގެ ކެރިއަރު "ޓޮކްސިކްގެ ކުރިން" އަދި "ޓޮކްސިކްގެ ފަހުން" މިފަދަ ގޮތަކަށް ދެބަޔަކަށް ބަހާލެވޭނެ ފަދަ ވަރުގަދަ މަސައްކަތެކެވެ. ފިލްމުގެ ޑައިރެކްޓަރު ގީތޫ މޯހަންދާސް އާއި ކޯ-ސްޓާ ޔަޝް އޭނާއަށް ކުރި އިތުބާރަށް ކިއާރާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އޭނާ ބުނީ އަމިއްލަ ނަފްސަށް ވެސް ގަބޫލުނުކުރެވޭ ފަދަ ހިތްވަރުގަދަ ފިޔަވަޅެއް އެކްޓަރެއްގެ ގޮތުން އެޅުމަށް މަގުފަހިވީ އެ ދެ ފަރާތުގެ އިތުބާރާ ހެދި ކަމަށެވެ.
"އަހަރެން ގަބޫލުކުރަނީ ގީތޫ އާއި ޔަޝް އަހަރެން މި ރޯލަށް (ނާދިއާ) ހިޔާރުކުރީ އަހަރެންގެ ކިބައިގައި އެ ގާބިލުކަން ހުރިކަން އަހަރެންގެ އަމިއްލަ ނަފްސަށް އިހުސާސްވުމުގެ މާ ކުރިން،" ކިއާރާ ފާހަގަކުރިއެވެ.
ނާދިއާގެ ކެރެކްޓަރާ ބެހޭ އިތުރު ތަފްސީލުތައް ސިއްރުކޮށްފައި ބަހައްޓަމުން ކިއާރާ ބުނީ، އެ ކެރެކްޓަރަކީ އެންމެ ބަހަކުން ސިފަކޮށްދެވޭނެ ވަރަށް ވުރެ ފުން ކެރެކްޓަރެއް ކަމަށާއި، ބެލުންތެރިން ސިނަމާގައި އެ ތަޖުރިބާ ކުރުމަށް އިންތިޒާރު ކުރާ ކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތުގެ ފެންވަރު ހުރި ގޮތުން، ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ފިލްމުތަކާ މެދު އޭނާ ކުރާ އުންމީދުތައް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ރަސްމިއްޔާތުގައި ކިއާރާ ވަނީ ފިލްމުގެ ފަހަތުގައި މަސައްކަތް ކުރި ޓެކްނީޝަނުންނަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މި ފިލްމުގެ މަސައްކަތުގައި ފުރިހަމަކަމަކީ ހަމައެކަނި ފެށުމެކެވެ. މުޅި ޓީމުން ކުރި ބުރަ މަސައްކަތުން އުފެއްދި މި "ޖާދޫ" ބެލުންތެރިންނަށް ފެންނާނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށް ބުނެ ކިއާރާ ވަނީ ވާހަކަ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު