ރިސޯޓްތަކުގެ ހެޑް ލީސްގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރުމަށްޓަކައި ސަރުކާރަށް އެއްފަހަރާ 5 މިލިއަން ޑޮލަރު ދައްކަންޖެހޭ ގޮތަށް އޮތް އުސޫލާ މެދު އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވަރުގަދަ ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، މިހާރު އޮތް މި ސިޔާސަތަކީ އަންނަން އޮތް ޖީލުތަކަށް އިންސާފުވެރި ނިންމުމެއްތޯ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 5 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމުން ރިސޯޓްތަކުގެ މުއްދަތު ބައި ގަރުނާ ގާތްކުރާ މިންވަރަށް އިތުރުކޮށްދިނުމަކީ މިއަދު ވަގުތީ އާމްދަނީއެއް ލިބުނު ކަމުގައިވިޔަސް، ދުރު ރާސްތާގައި ގައުމަށް ގެއްލުންވެދާނެ ކަމެކެވެ.
"5 މިލިއަން ޑޮލަރުން މިއަދު ވަގުތީ އާމްދަނީއެއް ލިބިދާނެ އެވެ. ނަމަވެސް 20، 30 ނުވަތަ 40 އަހަރު ތެރޭގައި މި ރިސޯޓް، ޓޫރިޒަމް އެސެޓްތަކުގެ އަގު ވާނީ ކިހާވަރަކަށް ހެއްޔެވެ؟" ފިރާގް ސުވާލު އުފެއްދެވިއެވެ.
ފިރާގް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންތަކަކީ ހަމައެކަނި މިހާރުގެ ޖީލަށް ލިބިފައިވާ މުދަލެއް ނޫން ކަމަށާއި، އެއީ އަންނަން އޮތް ދަރިންނާއި ޖީލުތަކަށްވެސް ފައިދާހުރި ގައުމީ މުއްސަނދިކަމުގެ މުހިންމު ބައެއް ކަމަށެވެ. އެހެންކަމުން، އެއްފަހަރާ ފައިސާ ދެއްކުމުން މުއްދަތު އިތުރުކޮށްދިނުމުގެ ކުރިން، އެއީ ހަގީގަތުގައިވެސް އިންސާފުވެރި އަގެއްތޯ ކަށަވަރުކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ފިރާގް މިފަދަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައި މިވަނީ، ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެމުންދާ ދަނޑިވަޅެއްގައެވެ. މި ސިޔާސަތަކީ އަންނަން އޮތް ޖީލުތަކަށް އިންސާފުވެރި ސިޔާސަތެއްތޯ އަލުން މުރާޖައާ ކުރުމަށް ފިރާގް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު