އެމްޑީޕީއަށްވުރެ އެމަނިކުފާނު އަދިވެސް އިސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަހަރުގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް އެމްޑީޕީގެ މައްޗަށް އެމަނިކުފާނު ޚިޔާރުކުރައްވާނީ ރައީސް މުޢިއްޒު ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިންގި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެމްޑީޕީއަކީ ރާއްޖޭގެ ހުރިހާ މުއައްސަސާތަކަކާއި ޑިމޮކްރަސީގެ އަސާސްތަކަށް ފާޅުގައި އަރައިގަތް ބައެއް ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.
"މިއަދު ނަމުން ޑިމޮކްރެޓިކް ވެދާނެ އެމްޑީޕީ ކީމާ. އެކަމަކު އެއީކީ ޑިމޮކްރަސީއެއް ނޫން،" އެމްޑީޕީގެ ވެރިކަމުގައި ފަނޑިޔާރުގޭގެ ނުފޫޒު ފޯރުވައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ހިންގި ކަންކަމަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީން ވަނީ ތަންތަން ހުޅުޖެހުން ފަދަ ނުރައްކާތެރި އަމަލުތައް ވެސް ހިންގާފައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ނުރުހުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު