އަޝްނީރު ގްރޯވާގެ ބަޔޯޕިކްގައި ޝްރައްދާ ކަޕޫރު ޕްރޮޑިއުސަރެއްގެ ގޮތުގައި ފެނިދާނެ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
އިންޑިއާގެ ނުފޫޒުގަދަ ވިޔަފާވެރިޔާ އަދި "ޝާކް ޓޭންކް އިންޑިއާ" އިން މަގުބޫލުކަން ހޯދި އަޝްނީރު ގްރޯވާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގައި، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު ޕްރޮޑިއުސަރެއްގެ ބައިވެރިވާން އުޅޭ ކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.
މި ފިލްމުގައި ޝްރައްދާ ފެނިގެންދާނީ އަޝްނީރުގެ އަންހެނުން މާދޫރީ ޖެއިން ގްރޯވާގެ ރޯލުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި މި ރޯލަށް ޝްރައްދާއަށް 20 ކްރޯޑް ރުޕީސްގެ ބޮޑު އުޖޫރައެއް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ޝްރައްދާ މިހާރު ގަސްދުކުރަނީ އެ ފީ ދޫކޮށްލުމަށްފަހު، ފިލްމުގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (އައި.ޕީ.އާރު) އިން ހިއްސާއެއް ހޯދައި، ޕްރޮޑިއުސަރެއްގެ ގޮތުގައި ފިލްމުގައި ބައިވެރިވުމަށެވެ. މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށް ޑައިރެކްޓް ކުރަނީ ޝްރައްދާގެ ގާތް އެކުވެރިޔާ ރާހުލް މޯދީއެވެ.
ބޮލީވުޑްގެ ނުފޫޒުގަދަ ތަރިން ފިލްމުތަކުން އުޖޫރަ ހޯދާ އުސޫލަށް މިހާރު މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ކުރިން ނަގަމުން އައި ކަނޑައެޅޭ ވަކި ފީއެއްގެ ބަދަލުގައި، މިހާރު ގިނަ ތަރިން އިސްކަންދެނީ ފިލްމުގެ ފައިދާއިން ބައެއް ނުވަތަ "ބެކްއެންޑް ޑީލް" ތަކަށެވެ. މި އުސޫލުގެ ސަބަބުން ފިލްމު ފަށާއިރު ކުޑަ އުޖޫރައެއް ނެގި ނަމަވެސް، ފިލްމު ބޮޑު ކާމިޔާބީއެއް ހޯދައިފިނަމަ އެ ފަންނާނަކަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
މި މޮޑެލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއަކީ އަކްޝޭ ކުމާރެވެ. "ވެލްކަމް ޓު ދަ ޖަންގަލް" ފިލްމަށް އޭނާ އެންމެ 1.8 ކްރޯޑް ރުޕީސް ނެގި ނަމަވެސް، އޭނާ ވަނީ ފިލްމުގެ އައި.ޕީ.އާރު ގެ 72 އިންސައްތަ ހިއްސާ ހޯދާފައެވެ. މީގެ އިތުރުން ސަލްމާން ޚާން، އާމިރު ޚާން، ޝާހްރުކް ޚާން، ރަންވީރު ސިންގް އަދި އަޖޭ ދޭވްގަން ފަދަ މަޝްހޫރު ތަރިން ވެސް މިހާރު އަންނަނީ މިފަދަ ވިޔަފާރި އުސޫލުތައް ބޭނުންކުރަމުންނެވެ.
ޝްރައްދާ ކަޕޫރު މިހާރު މަސައްކަތް ކުރަމުންދާ "އީތާ" ފިލްމަށް 12 އާއި 15 ކްރޯޑާ ދެމެދުގެ ފީއެއް ނަގާފައިވާއިރު، އަޝްނީރު ގްރޯވާގެ ބަޔޯޕިކްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވެއްޖެނަމަ، މިއީ އޭނާގެ ކެރިއަރުގައި ވިޔަފާރީގެ ގޮތުން އެޅޭ ވަރަށް ވަރުގަދަ ފިޔަވަޅަކަށް ވެގެންދާނެއެވެ. އެހެންނަމަވެސް، މިކަމާ ގުޅޭގޮތުން ޝްރައްދާގެ ފަރާތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު