އިންޑިއާގެ މަޝްހޫރު ވެބް ސީރީޒް 'މިރުޒާޕޫރު' ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ.
މިއީ އިންޑިއާގެ ސިނަމާގައި ސްޓްރީމިންގް ޕްލެޓްފޯމަކުން ފެށި މަގުބޫލު ސީރީޒެއް ބޮޑު އިސްކްރީނަށް އަންނަ ފުރަތަމަ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން، ސީރީޒްގެ މައި ކެރެކްޓަރ "ކަލީން ބައްޔާ" ގެ ރޯލު ކުޅޭ ކާމިޔާބު އެކްޓަރު ޕަންކަޖް ތުރިޕާތީ ބުނީ، މީގެ ކުރިން މިރުޒާޕޫރު ބަލަމުން އައީ އެކަނި އިނދެގެން ކަމަށާއި، ނަމަވެސް ސިނަމާތަކަށް މި ފިލްމު އައުމާއެކު މިއީ ގިނަ ބަޔަކު އެކުވެގެން އުފާކުރާނެ "ޕާޓީ މޯޑެއް" ކަމަށެވެ.
ޕަންކަޖް ފާހަގަކުރި ގޮތުގައި، އޯޓީޓީ ޕްލެޓްފޯމްތަކުގައި ކުދި އިސްކްރީނުން މި ސީރީޒް ބެލުމުގެ ބަދަލުގައި، 25 ނުވަތަ 28 ފޫޓުގެ ބޮޑު އިސްކްރީނުން ފިލްމު ފެނިގެންދިއުމަކީ ބެލުންތެރިންނަށް ލިބޭނެ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ ކެރެކްޓަރުތަކާއި ދުނިޔެ ބަދަލުނުވި ނަމަވެސް، ފިލްމުގެ ވާހަކަ އާއި މަންޒަރުތައް ފެނިގެންދާނީ މާފުރިހަމަކޮށް އަދި އާ ގޮތަކަށެވެ.
އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އާއި އެކްސެލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމަކީ ސީރީޒްގެ ފުރަތަމަ ސީޒަނުގައި ފެނިގެންދިޔަ ކުރިމަތިލުންތަކުގެ އަސްލު ފެށުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ގުރްމީތު ސިންގް އެވެ.
ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ޕަންކަޖް ތުރިޕާތީގެ އިތުރުން އަލީ ފަޒަލް އަދި ދިވްޔެންދޫ ހިމެނެއެވެ. އަދި ބަބްލޫގެ ރޯލުން މިފަހަރު ފެނިގެންދާނީ ޖިތެންދްރަ ކުމާރެވެ. މީގެ އިތުރުން ރަވީ ކިޝަން، އަބީޝެކް ބެނަޖީ، އަދި ރަސިކާ ދުގަލް ފަދަ ތަރިންވެސް ފިލްމުން ފެނިގެންދާނެއެވެ.
2018 ވަނަ އަހަރު ފެށި މިރުޒާޕޫރު ސީރީޒްގެ ތިން ސީޒަނެއް މިހާތަނަށް ވަނީ ގެނެސްދީފައެވެ. ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ މި ސީރީޒްގެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 4 ސެޕްޓެމްބަރު 2026 ގައެވެ. މި މަހުގެ 11 ވަނަ ދުވަހު ފިލްމުގެ ޓްރެއިލާ އާންމުކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު