ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވެ، ވިހަން ކައިރިވެފައިވާއިރުވެސް، އޭނާގެ މަސައްކަތްތަކަށް ދެމުންދާ އިސްކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ދީޕިކާ މިހާރު މަސައްކަތް ކުރަމުންދަނީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންއާއެކު ފެނިގެންދާ ފިލްމު "ރާކާ" ގެ މަސައްކަތުގައެވެ.
ރިޕޯޓްތައް ބުނާގޮތުން ދީޕިކާގެ ބަނޑަށް މިހާރު އަށް މަސް ފުރިފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހު އޭނާ ވިހާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ވިހެއުމުގެ ކުރިން އޭނާ ކުޅެންޖެހޭ ބައިތައް ނިންމުމަށްޓަކައި ދީޕިކާ އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ޝޫޓިންގައި ބައިވެރިވަމުންނެވެ.
ފިލްމު ފެއާ އަށް މައުލޫމާތު ދިން ޕްރޮޑަކްޝަންގެ މަސްދަރަކުން ހާމަކުރި ގޮތުގައި، ދީޕިކާ މިހާރުވެސް ދަނީ ސެޓުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ބައެއް ރޭރޭ ދަންވަރު ވަންދެންވެސް އޭނާ ޝޫޓިންގައި ހަރަކާތްތެރިވާ ކަމަށާއި، އޭނާގެ މި ހިތްވަރާއި މަސައްކަތަށް އޮތް ލޯތްބެއްގެ ސަބަބުން މުޅި ކްރޫ ތިބީ އަންތަރީސްވެފައެވެ. މީގެ ކުރިން ބަނޑަށް ހަތް މަހުގައިވެސް ދީޕިކާ ވަނީ މި ފިލްމުގެ އެކްޝަން މަންޒަރުތަކެއް ކުޅެފައެވެ.
އެޓްލީ ޑައިރެކްޓްކުރާ "ރާކާ" އަކީ އިންޑިއާގެ ސިނަމާގައި އުފައްދާ އެންމެ ބޮޑު އެއް ފިލްމަށް ވާނެ ކަމަށް ބެލެވެއެވެ. ސައިންސް ފިކްޝަން އަދި ފެންޓަސީ އަށް ބިނާކޮށް އުފައްދާ މި ފިލްމުގައި އައްލޫ އަރުޖުން އާއި ދީޕިކާގެ އިތުރުން ރަޝްމިކާ މަންދަންނާ، ޖާންވީ ކަޕޫރު އަދި މުރްނާލް ތާކޫރު ފަދަ ތަރިން ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުއެވެ.
"ރާކާ" ގެ އިތުރުން ދީޕިކާގެ ކުރިއަށް އޮތް އެހެން މަޝްރޫއުތަކަށް ބަލާއިރު، ޝާހްރުކް ޚާންއާއެކު ފެނިގެންދާ ސިދާތު އާނަންދުގެ "ކިންގް" ހިމެނެއެވެ. މި ފިލްމުގައި ސުހާނާ ޚާން އާއި އަބީޝެކް ބައްޗަންވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. "ކިންގް" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރު ޑިސެމްބަރުގައެވެ.
ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެންޏަށް މިހާރު އަންހެން ކުއްޖަކު ލިބިފައިވާއިރު، މިއީ މި ދެމަފިރިންނަށް ލިބޭ ދެވަނަ ދަރިފުޅެވެ.

ކިޔުންތެރިންގެ ހިޔާލު