މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް، އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީ ކުންފުންޏަށް ނުއަގުގައި ވިއްކާލުމުގެ މުއާމަލާތްތަކެއް ކުރިއަށްދާ ކަމަށް ބުނެ ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި ރިސޯޓު ހިންގަމުން އަންނަ މަގުއްދުވާގެ ހެޑް ލީސް ވިއްކާލުމުގެ މި މުޢާމަލާތް ކުރިއަށް ގެންދިއުމަށް އެމްޓީޑީސީން މަސައްކަތް ކުރަމުންދަނީ ކުންފުނީގެ ހިއްސާ ޑައިލިއުޓް ކޮށްގެންނެވެ. މިގޮތަށް ހިއްސާ ޑައިލިއުޓް ކުރުމުން، މިހާރު ތިބި ކޮންމެ ހިއްސާދާރެއްގެ އަތުގައިވާ ހިއްސާގެ އިންސައްތަ ކުޑަވެގެންދާނެއެވެ.
އެމްޓީޑީސީގައި މިހާރު އޮންނަނީ ސަރުކާރުގެ 48 އިންސައްތަ ހިއްސާއެވެ. ކުންފުނީގެ ހިއްސާގެ މާލީ އަގު ދަށްވުމުގެ ސަބަބުން، އާންމު ހިއްސާދާރުން އިތުރު ހިއްސާ ނުގަންނާނެ ކަމަށް ބަލައި، އަލަށް އިތުރުކުރާ ހިއްސާތައް ސަރުކާރުން ގަނެގެން ކުންފުނީގެ މެޖޯރިޓީ ސަރުކާރަށް ނެގުމުގެ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި މުޢާމަލާތާ ގުޅޭގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ މަގުއްދުވާގެ ހެޑް ލީސް ވިއްކާލަން އުޅޭ އަގާ މެދުގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެމްޓީޑީސީން މި ރަށް ވިއްކާލަން އުޅެނީ 1.5 މިލިއަން ޑޮލަރަށެވެ. ނަމަވެސް، މިހާރު އޮތް ސަބްލީސް އެއްބަސްވުމުގެ ދަށުން ކޮންމެ ކުއާޓަރަކު 1.2 މިލިއަން ޑޮލަރު އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށްވެއެވެ. އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުޅި ހެޑް ލީސް އެހާ ކުޑަ އަގަކަށް ވިއްކާލުމަކީ ކުންފުންޏަށް ލިބޭނެ ބޮޑު މާލީ ގެއްލުމެއް ކަމަށް ބުނެ، ކުންފުނީގެ ބައެއް ޑިރެކްޓަރުން ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ.
މި މުޢާމަލާތާ ދެކޮޅު ހެއްދެވި އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒު މިފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި މިހާރު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ހާރިސް މުހައްމަދެވެ.
މި ތުހުމަތުތަކާ ގުޅިގެން އެމްޓީޑީސީން މީގެކުރިން ބުނެފައިވަނީ، ކުންފުނީގެ ހިއްސާގެ މިލްކުވެރިކަން ވިއްކާލުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ދަނީ މި މުޢާމަލާތް ހިނގާ ގޮތާ މެދު ސުވާލު އުފައްދައި، ދައުލަތުގެ ކުންފުންޏަކަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު