އޮގަސްޓް 5ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން ގެއްލުނު 3 މީހުން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކަނޑުމަގުންނާއި ވައިގެމަގުން މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ވަނީ ބަލާފައެވެ. އަދި ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައި، އޮޔާހިނގާދާނެ ކަމަށް ލަފާކުރެވޭ މިސްރާބުން ހައްދުންމަތި އަތޮޅާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތަކާއި ގޮނޑުދޮށްތައް ވެސް ވަނީ ބަލާފައެވެ.
މި އޮޕަރޭޝަންގައި މޯލްޑިވިއަންގެ އެއަރކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ވަނީ ބޭނުންކޮށްފައެވެ. އިންފްރާރެޑް ސެންސަރު އެކުލެވޭ މި ޑްރޯންތަކަކީ ރޭގަނޑު ވެސް ކަނޑުމަތީގައިވާ ތަކެތި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.
މީގެ އިތުރުން، އޮސްޓްރޭލިޔާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުމަގުން ބެލުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެމެރިކާ ނޭވީގެ ޚާއްޞަ ސަރޗް އެންޑް ރެސްކިއު މަތިންދާބޯޓު "ޕީ8" ބޭނުންކޮށްގެން މިއަދު ވަނީ ހުވަދޫ ކަނޑުގެ 6,300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް އެއްކޮށް ބަލާފައެވެ.
ދޯނި އަޑިއަށް ދިޔަ ވަގުތު ކައިރީގައި ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް ލޯންޗެއްގެ އިތުރުން އެމްއެންޑީއެފް ލޯންޗެއް އޮތުމުން، ދޯނިން ފުންމާލި މީހުންނާއި ނިކުމެވުނު މީހުން ވަނީ ސަލާމަތްކުރެވިފައެވެ.
ނަމަވެސް، ދޯނި ކުއްލިއަކަށް ބަންޑުންޖަހާލައި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަޙައްދަކަށް ކަމަށްވާތީއާއި، ސަލާމަތްވި މީހުންގެ މަޢުލޫމާތަށް ބަލާއިރު ގެއްލުނު 3 މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫން ކަމަށާއި، ބޭރުގެ އަސްކަރީ ސަބްމެރިންތަކަށް ވެސް ހަރަކާތްތެރިވެވޭނެ ފުންމިނެއް ނޫންކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، 16 އޮގަސްޓް 2026ގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު، އަދި ފަރުތަކާއި ގޮނޑުދޮށްތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު