ދަރުމަވަންތަ ސްކޫލުގައި ޒަމާނީ ފެންވަރުގެ ހޯލެއް ގާއިމުކުރުމަށްޓަކައި، އެ ސްކޫލާ އިންވެގެން ހުރި މާލޭ ޖަލުގެ އިމާރާތް ތަޅާލުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ޖަލު ހުރި ސަރަހައްދު ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ކޮންޓްރެކްޓަރަކާ ހަވާލުކުރެވި، އެތަން ހުސްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެ ބިމުގައި މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި އެންމެ ޒަމާނީ އެއް ހޯލު ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ހޯލެއް ބިނާކުރާއިރު ފެންވަރު ރަނގަޅު ހޯލެއް ތަރައްގީކުރެވޭނެ. މާލޭގައި ހުރި އެންމެ ޒަމާނީ ހޯލަކަށް ވާނެ. ޖާގައަށް ބަލާއިރު ވެސް އެކި ކަންކަމަށް ބޭނުންކުރެވޭނެ ގޮތަށް ތަރައްގީ ކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި 2023 ވަނަ އަހަރު ކިޔަވައިދޭން ފެށީއްސުރެ ވެސް ބެލެނިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި އޮތީ އެ ސްކޫލުގައި ހޯލެއް ނެތުމުގެ މައްސަލައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕްލޭނަކީ ވެސް ސްކޫލާ އިންވެގެން ހުރި ޖަލު ހުސްކޮށް، އެ ބިމުގައި ހޯލު އެޅުން ކަމަށް ވިޔަސް، ތަފާތު ސަބަބުތަކާ ހުރެ އެ ބިން އޭރު އޮތީ ސްކޫލަށް ލިބޭގޮތް ނުވެފައެވެ. އޭގެ ފަހުން މާލޭ ޖަލު ބަންދުކޮށް، އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށް މުޅިން ހުސްކުރެވުނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
އިއްޒުއްދީން ސްކޫލް ބަންދުކުރުމަށްފަހު އެ ސްކޫލުގެ ދަރިވަރުން ވެސް ދަރުމަވަންތަ ސްކޫލަށް ބަދަލުކުރުމާ ގުޅިގެން، މިހާރު އެ ސްކޫލުގައި 1،700 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އެހެންކަމުން ބޮޑު އާބާދީއެއް އޮތް މި ސްކޫލަށް ހޯލެއްގެ މުހިންމުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މާލޭގައި އެންމެ ފަހުން އިމާރާތްކުރި ޒަމާނީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ ސްކޫލުގައި ދާއިމީ ހޯލެއް ނެތުމުގެ ސަބަބުން، މިހާރު އެކި ހަރަކާތްތަކަށް ވަގުތީ ގޮތުން ބޭނުންކުރަމުން ދަނީ އިމާރާތުގެ ދެ ބްލޮކް ދޭތެރޭގައި ޓާފް އަޅައިގެން ހަދާފައިވާ ކޮމްޕައުންޑާއި ސްކޫލު އެތެރޭގައި ހުރި އެހެނިހެން ހުސް ޖާގަތަކެވެ. ނަމަވެސް ޖަލު ތަޅާލައި އާ ހޯލުގެ މަސައްކަތް ނިމުމުން މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު