ވިލިމާލޭގެ ސިނާއީ (އިންޑަސްޓްރިއަލް) ސަރަހައްދުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފަށް، ބިންމަތީގައި ސަތަރި އަޅައިގެން ވަޅޯމަސް ހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ މައްސަލައެއް މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ހުއްޓުވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި މައްސަލަ ފެންމަތިވެފައިވަނީ އެ ކައުންސިލުގެ ވިލިމާލޭ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އިއްޔެ އެ އަވަށުގެ މަގުތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން އިންސްޕެކްޝަން ޓީމަށް ވަނީ، އިންޑަސްޓްރިއަލް ޒޯނުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން އެއްވެސް ރައްކާތެރިކަމެއް ނެތި، ދަށަށް ސަތަރިގަނޑެއް އަޅައި ބިންމަތީގައި މަސްތައް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ފެނިފައެވެ.
އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަކަށް ހިންގަމުންދިޔަ މި އަމަލު ފާހަގަކުރެވުމާއެކު، ސިޓީ ކައުންސިލުން ވަނީ މިކަން ކަމާބެހޭ މައި އިދާރާ ކަމަށްވާ އެމްއެފްޑީއޭގެ ސަމާލުކަމަށް ރަސްމީކޮށް ގެނެސްފައެވެ. އަދި އެއަށްފަހު، ދެ އިދާރާ ގުޅިގެން ވަގުތުން އެ ސަރަހައްދަށް ޒިޔާރަތްކޮށް، އެފަދަ ގޮތްގޮތަށް މަސް ހިއްކަން ބަހައްޓާފައި ހުރި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، އެ ތަންތަން ހިންގާ ފަރާތްތަކަށް ވަނީ އެކަން ވަގުތުން ހުއްޓާލައި، ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް އަންގާފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ސިއްހަތާ ސީދާ ގުޅިފައިވާ މުހިންމު ކަމަކަށްވާއިރު، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރުމާއި ގެންގުޅުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ ކަމެކެވެ.
އެހެންކަމުން، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާ އެންމެހައި ފަރާތްތަކުން ވެސް، ކަނޑައެޅިފައިވާ ސިއްހީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި، އާންމުންގެ ސިއްހަތަށް ނުރައްކާ ނުވާނޭހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު