މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ފައްތިޔާތަކެއްގައި އަޅާފައިވާ އުޅަނދުތަކަކަށް ފައިސާ ނުދައްކައި، އަދި އެތަނުން އުޅަނދުތައް ނުނަގައިފި ނަމަ އެ ތަކެތި ކުނީގެ ގޮތުގައި ނައްތާލުމުގެ ބާރު ސިޓީ ކައުންސިލަށް ދީ، 75،000 އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އަމިއްލަ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ސިޓީ ކައުންސިލުން ދައުވާ އުފުލާފައިވަނީ ސީޝަޓެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށެވެ. އެ ކައުންސިލުން ކޯޓުގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައްތިޔާތަކަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކާފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކޮށް އުޅަނދުތައް ނެގުމަށް ލިޔުމުން އެންގުމުންނާއި އާންމުކޮށް އިއުލާނު ކުރުމުން ވެސް އެކަން ކޮށްފައި ނުވާ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ. މީގެއިތުރުން، އެ ފައްތިޔާތަކުގައި އަޅާފައި އޮތް ހަތަރު އުޅަނދުގެ ތެރެއިން ތިން އުޅަނދެއް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ސިޓީ ކައުންސިލުން އެދިފައިވަނީ، އެއްބަސްވުން ބާތިލުކުރަން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ކަނޑައަޅައި، ނުދައްކާ ހުރި ފީއާއި ޖޫރިމަނާ ފައިސާ ހޯދައިދިނުމަށެވެ. އަދި ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި އެ އުޅަނދުތައް ނަގައި ތަން ސާފުނުކޮށްފިނަމަ، އެ ތަކެތި ނަގައި ކުނީގެ ގޮތުގައި ނައްތާލުމުގެ އިހުތިޔާރު ކައުންސިލަށް ދިނުމަށާއި، އެކަމަށް ހިނގާ ހުރިހާ ހަރަދެއް އެ ކުންފުނިން ދައްކަންޖެހޭ ގޮތަށް އަމުރުކޮށްދިނުމަށެވެ.
ދައުވާ ލިބޭ ސީޝަޓެލް މޯލްޑިވްސްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ވަނީ، އެއްބަސްވުމުގެ ދަށުން ކައުންސިލަށް ދައްކަންޖެހި ނުދައްކާ އޮތް ފީ އާއި ޖޫރިމަނާގެ ފައިސާ ކަމަށްވާ 75،446 ރުފިޔާ، އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކައި ހަލާސްކުރުމަށެވެ.
ހަމައެއާއެކު، ދެފަރާތުގެ ދެމެދުގައިވި އެއްބަސްވުންތައް ބާތިލުވެފައިވާ ކަމަށް ކަނޑައަޅައި، އެ ފައްތިޔާތަކުގައިވާ އުޅަނދުތައް އިއްޔެއިން ފެށިގެން 10 ދުވަހުގެ ތެރޭގައި އެތަނުން ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުގެ ހުކުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އެ ދެވުނު މުއްދަތުގެ ތެރޭގައި އެ ކުންފުނިން އުޅަނދުތައް ނުނަގައިފިނަމަ، މާލޭ ސިޓީ ކައުންސިލަށް އެ ތަކެތި އެތަނުން ނަގައި، ކުނީގެ ގޮތުގައި ނައްތާލުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު