ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ވަގުތީ ސައިޓު ހަދާ ބިމުގެ މައްސަލަ ކައުންސިލްގެ ޕްލޭނިން ކޮމިޓީން ބެލުމަށްފަހު، އެ ބިމުގައި އެއްވެސް މައްސަލައެއް ނެތްނަމަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ ޢާންމު ޖަލްސާގައި މި ނިންމުން ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.
މި މައްސަލާގައި ބުނެފައިވަނީ ވިލިމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ 32،291 އަކަފޫޓުގެ ވަގުތީ ދެ ސައިޓުގެ ބިން، ޕްރޮޖެކްޓްގެ މުއްދަތަށް ހައުސިންގ މިނިސްޓްރީއާ ޙަވާލުކޮށް ދިނުމަށް މާލީ ވުޒާރާއިން އެދިފައިވާ ކަމަށެވެ.
މި މައްސަލައިގެ ބަހުސްގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް ވިދާޅުވީ، ވިލިމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ ވިލިމާލޭގެ އިތުރުން މާލެ ސިޓީގެ އެންމެހައި ރައްޔިތުންނަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑު ލާބައަކާއި މަންފާއެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު އަވަހަށް ފެށުމަށްޓަކައި ހައުސިންގ މިނިސްޓްރީން އެދިފައިވާ ވަގުތީ ސައިޓްތައް ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ދޫކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިއީ ރައްޔިތުންގެ ޞިއްޙަތާ ގުޅިފައިވާ އަސާސީ ޚިދުމަތެއް ކަމަށާއި، މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅައިދޭ ތަނެއް ކަމަށެވެ. އަދި ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ބިމެއް ހަމަޖައްސައިދިނުމަކީ ގާތްގަނޑަކަށް 250،000 އެއްހާ މީހުން ދިރިއުޅޭ މާލެ ސަރަޙައްދަށް ނުހަނު މުހިންމު ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރ ވިދާޅުވީ، ހޮސްޕިޓަލްގެ ވަގުތީ ސައިޓަށް އެދިފައިވާ ބިމަކީ ކުރިން އެހެން ފަރާތަކަށް ދޫކޮށްފައިވާ ބިމެއްތޯ ނުވަތަ އެ ބިމާ ގުޅޭ އެއްވެސް ކޮންޓްރެކްޓެއް އެއްބަސްވުމެއް އޮތްތޯ ކައުންސިލްގެ ޕްލޭނިން ކޮމިޓީން ބަލައި ސާފުކުރުމަށްފަހު އެބިން ހައުސިން މިނިސްޓްރީއަށް ދޫކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު