އައްޑޫ ސިޓީގެ ފެނަކަ ބްރާންޗުތަކުގައި މަސައްކަތްކުރާ 100 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން އިހުތިޖާޖަށް ނުކުތުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފިއެވެ.
މޭޔަރު އަލީ ނިޒާރު މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލިއަކަށް ވަކިކުރުމަކީ އެތައް އާއިލާއެއް ބިކަވެ، ނިކަމެތިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގެ އިގްތިސާދަށް ވެސް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ އަނިޔާވެރި ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އެ މީހުންގެ ސިޔާސީ ފިކުރަށް ބަލާފައިވާކަން ޔަގީންވާ ކަމަށް ވިދާޅުވެ، ނިޒާރު ވަނީ މިފަދަ ތަފާތުކުރުންތަކާއި އަނިޔާތަކާ ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމާއި، ރައްޔިތުންނަށް އޮޅުވާލައި އަނިޔާވެރިވުން ސަރުކާރުން މިހާރު ވަނީ އިތުރުކޮށްފައެވެ.
އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ތެރެއިންނާއި ގާނޫނީ އިމުގެ ތެރެއިން ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމަށް އައްޑޫގެ އެންމެހައި ރައްޔިތުންނަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި ރައްޔިތުންގެ މި ހައްގު ދިފާއުކުރުމުގެ މަސައްކަތުގައި އެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މޭޔަރު އަލީ ނިޒާރު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު