ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ އިންގިލާބީ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
ފަހުމީ ވިދާޅުވީ، މުޅި ރާއްޖޭގެ ފެނުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، އަތޮޅުތަކަށް އެ ޚިދުމަތް ފުޅާކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި އައު އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫޢު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢާ ގުޅޭ އިތުރު ތަފްޞީލު ދެއްވަމުން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓެއް ބަހައްޓައިގެން ކުރިއަށްގެންދާ މި މަސައްކަތް ކުރަނީ މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށެވެ.
މި މަޝްރޫޢުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ފަހުމީ ވިދާޅުވީ، މިހާރު ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފީސިބިލިޓީ ސްޓަޑީއާއި، ޓެކްނިކަލް ދިރާސާތަކުގެ އިތުރުން ތިމާވެށްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހަދާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ގެ މަސައްކަތްތައް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މި ހުރިހާ ދިރާސާތަކާއި ތައްޔާރީތަކުގެ މަރުޙަލާތައް ފުރިހަމަކޮށް ނިމުމުން، އަންނަ އަހަރުގެ މެދުތެރޭގައި މި ތާރީޚީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު