މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި "ހަސަން ކުރުސީ" އެކައުންޓުން ފަތުރަމުންދާ މައުލޫމާތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީން ބާ ބޯޓެއް އިގުރައިދޫ ދާއިރާގެ މެންބަރު ފަލާހުގެ އަތުން 17 މިލިއަން އަށް ގަތް މުއާމަލާތެއް ހިންގާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ފަހުމީ ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން އެފަދަ އެއްވެސް ގަތުމެއް އެ ކުންފުނިން ހިންގާފައި ނުވާނެ ކަމަށެވެ.
އަދި އެފަދަ މުއާމަލާތެއް ކުރުމަށް އެމްޑަބްލިއުއެސްސީގެ ބޯޑުގެ ހުއްދައެއް ހޯދާފައި ނުވާ ކަމަށާއި، އެއްވެސް ފަރާތަކާއެކު އެފަދަ މަޝްވަރާއެއްވެސް ކުރެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެ ހާދިސާއާ ގުޅުވައިގެން ކުންފުނީގެ ބޯޑު ޑިރެކްޓަރަކު އިސްތިއުފާ ދެއްވި ކަމަށް ބުނެ ދައްކާ ވާހަކަތައްވެސް ފަހުމީ ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ބޯޑު ޑިރެކްޓަރު އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ.
މިއީ ކުންފުނީގެ އަބުރަށް އުނިކަން ލިބޭފަދަ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ، އެކަށީގެންވާ ހެކި ނެތި އެފަދަ ވާހަކަތައް ހަގީގަތުގެ ގޮތުގައި ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތް ކުރާނީ ޒިންމާދާރުކަމާއި ގާނޫނީ ހަމަތަކުގެ މަތިން ކަމުގެ އަދިވެސް ޔަގީންކަން އޭނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު