ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހިރާއްޖޭން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ސީރިއާގެ ތަރައްގީ އާއި ކުރިއެރުމަށް، އަދި އެ ގައުމު އަލުން އާރާސްތުކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ރާއްޖޭން އަބަދުވެސް ތާއީދު ކުރާނީ މިނިވަން، އަމަން އަދި ސުލްހަވެރި ސީރިއާއަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެމެރިކާއިން ސީރިއާ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނީ 1970 ގެ ފަހުކޮޅު، ފަލަސްތީނުގައި ޖިހާދު ކުރާ މުސްލިމުންނަށް ވާގިވެރިވާކަމުގެ ތުހުމަތުގައެވެ.
ސީރިއާގެ ދާހިލީ ހަނގުރާމަ 14 އަހަރަށްފަހު ނިމުމަކަށް އައީ ޑިސެމްބަރު 2024 ގައި، އަލް-ޝަރާގެ ނުސްރާ ޖަމާއަތުން އެގައުމުގެ ޑިކްޓޭޓަރު ބަޝަރު އަލް-އައްސަދުގެ ވެރިކަން ވައްޓާލައި އާ ސަރުކާރެއް އެކުލަވައިލުމާ ގުޅިގެންނެވެ.
ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވާ ގައުމަކަށްވާއިރު، ރައީސް އަލް-ޝަރާގެ ނުސްރާއަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައިވެސް ދިވެހި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު