ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ކާމިޔާބު ކްރައިމް ތްރިލާ ފްރެންޗައިޒް "ދްރިޝްޔަމް" ގެ ތިންވަނަ ބައި، "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" ސިނަމާތަކަށް ގެންނާނެ ތާރީޚު އިޢުލާނުކޮށް، ފިލްމުގެ އައު ޕޯސްޓަރެއް ޢާންމުކޮށްފިއެވެ.
މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 2 އޮކްޓޫބަރު 2026 ގައެވެ. ފިލްމު އުފައްދާ ފަރާތްތަކުން ދައްކާލި އައު ޕޯސްޓަރާއެކު، ފިލްމުގެ މައި ކެރެކްޓަރ ކަމަށްވާ ވިޖޭ ސަލްގާއޯންކަރގެ މަޤްޞަދު ހާމަކޮށްދޭ ވަރުގަދަ ޑައިލޮގެއް ވަނީ ހިމަނާފައެވެ. އެއީ "ރަނގަޅު ވިޔަސް ނުވަތަ ގޯސް ވިޔަސް، އަހަރެންގެ ޢާއިލާއަށްޓަކައި އަހަންނަށް ކޮންމެ ފަދަ ހައްދެއްވެސް ފަހަނައަޅައި ދެވިދާނެ" މި ޢިބާރާތެވެ. މި ޕޯސްޓަރާއެކު، އާއިލާގެ ރައްކާތެރިކަމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ވިޖޭގެ ކެރެކްޓަރަށް އަނެއްކާވެސް ބެލުންތެރިންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
ސްޓާރ ސްޓޫޑިއޯ18 އިން ޕްރެޒެންޓްކުރާ މި ފިލްމަކީ ޕެނޮރާމާ ސްޓޫޑިއޯސްގެ ޕްރޮޑަކްޝަނެކެވެ. ފިލްމު ޑައިރެކްޓް ކުރަނީ އަބީޝެކް ޕަތަކްއެވެ. ސްކްރީންޕްލޭ އަދި ވާހަކަ ލިޔެފައިވަނީ އަބީޝެކް ޕަތަކް، އާމިލް ކިޔާން ޚާން އަދި ޕަރުވީޒް ޝައިޚް އެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ އަލޯކް ޖައިން، އަޖީތު އަންދާރޭ، ކުމާރު މަންގަތު ޕަތަކް އަދި އަބީޝެކް ޕަތަކް އެވެ.
ކުށުގެ ވެށި، ސަސްޕެންސް، އާއިލީ ޑްރާމާ އަދި ނަފްސާނީ ހާސްކަމުން ފުރިގެންވާ "ދްރިޝްޔަމް" ފްރެންޗައިޒަކީ ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސިލްސިލާއެކެވެ. މޯހަންލާލް ލީޑް ރޯލު ކުޅުނު މަލަޔާޅަމް ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ހިންދީ ފްރެންޗައިޒްގައި ވިޖޭ ސަލްގާއޯންކަރގެ ރޯލުން އަޖޭ ދޭވްގަން ދައްކުވައިދިން މޮޅު އެކްޓިންގއަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. ޚާއްޞަކޮށް ވާހަކައިގެ ފުންމިނާއި، ފުލުހުންގެ ކިބައިން އާއިލާ ސަލާމަތް ކުރުމަށް ވިޖޭ ރާވާ ވިސްނުންތެރި ރޭވުންތަކަށް ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވެއެވެ.
ގޯއާގެ މާޙައުލުގައި ހިނގާ މި ފިލްމުގެ ތިންވަނަ ބައިގައި، މީގެ ކުރިން ހިނގާފައިވާ މަރުގެ ހާދިސާގެ ސަބަބުން ކުރިމަތިވާ ޖަޒުބާތީ އަދި ނަފްސާނީ އަސަރުތަކަށް ބޮޑު ސަމާލުކަމެއް ދޭނެއެވެ. ފުލުހުންނަށް ވުރެ އެއް ފިޔަވަޅު ކުރީގައި ހުރެގެން އާއިލާ ސަލާމަތްކުރަން އަހަރުތަކެއް ހޭދަކުރުމަށްފަހު، އަދިވެސް އޭނާގެ ފަހަތުން ނުފިލައިގެން އުޅޭ މި މައްސަލައިގެ އައު ބާބަކާ ވިޖޭއަށް ކުރިމަތިލާން ޖެހޭނެއެވެ.
މި ފިލްމަށް "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" ގެ ނަން ދީފައިވުމުން، މިއީ ސަލްގާއޯންކަރ އާއިލާގެ މި ދިގު ދަތުރުގެ އެންމެ ފަހު އަދި ނިންމުން ގެނެސްދޭނެ ބައި ކަމަށް ބެލެވެއެވެ. މި ފިލްމު ރަސްމީކޮށް ސިނަމާތަކަށް އަންނާނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު