ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޝަން ތުރިލާ ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ރޭސް" ސީރީޒް އަލުން އައު ފެށުމަކުން ފެށުމަށް ތައްޔާރުވަމުންދާ "ރޭސް ރީބޫޓް" އިން މަޝްހޫރު ތަރިން ކަމަށްވާ އާމިރު ޚާން، ސިދާތު މަލްހޯތުރާ އަދި ޓައިގާ ޝްރޮފް އެކުގައި ފެނިގެންދާން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިއީ މި ތިން ތަރިން އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ. މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުގައި ލީޑު ރޯލު ސައިފް އަލީ ޚާން ކުޅެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާއިރު، ތިންވަނަ ފިލްމުގައި ފެނިގެންދިޔައީ ސަލްމާން ޚާނެވެ. "ރޭސް" ސީރީޒަކީ އޭގެ ވަރުގަދަ އެކްޝަން، ހައިރާންކުރުވަނިވި ޓްވިސްޓުތައް އަދި ތަރިންގެ ވަރުގަދަ ކާސްޓުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސިލްސިލާއެކެވެ.
ޚަބަރުތައް ބުނާގޮތުގައި "ރޭސް ރީބޫޓް" ގެ މަސައްކަތް މިހާރު ރާވަމުންދަނީ މުޅިން އައު ތަރިންގެ ލައިނަޕަކާއެކުގައެވެ. ސިދާތު މަލްހޯތުރާ އަދި ޓައިގާ ޝްރޮފް މި ފިލްމާ ގުޅިފައިވާ ވާހަކަތަކަށްފަހު، މިހާރު މި ޕްރޮޖެކްޓާ ގުޅުވައިގެން އެންމެ ގަދައަށް އަޑުއިވެމުންދަނީ އާމިރު ޚާންގެ ނަމެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް މަޢުލޫމާތު ދިން މަސްދަރަކުން ބުނެފައިވަނީ، އާމިރު ޚާން މި ފިލްމުގެ ސްކްރިޕްޓް ވަރަށް ގަޔާވެފައިވާ ކަމަށާއި، ސްކްރިޕްޓް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތުގައި ލިޔުންތެރިންނާއެކު އޭނާ ވަރަށް އިސް ދައުރެއް އަދާކުރަމުންދާ ކަމަށެވެ. އަދި މި ރީބޫޓްގެ ސަބަބުން މި ސީރީޒަށް މުޅިން އައު ދިރުމެއް އަދި ތަފާތު ރަހައެއް ގެނެސްދެވޭނެ ކަމަށް އާމިރު ޤަބޫލުކުރެއެވެ.
މީގެއިތުރުން، މި ފިލްމު ތައްޔާރުކުރަނީ މީގެ ކުރިން އިންޑިއާގައި ނުއުފައްދާ ފަދަ ތަފާތު ވަރުގަދަ ތުރިލާއެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ މަޤްޞަދުގައެވެ. މި ފިލްމަށް ވަރުގަދަ އެކްޓަރުންގެ ޓީމެއް ނަގާނެ ކަމަށާއި، ރަސްމީކޮށް ކާސްޓު އިޢުލާންކުރާނީ އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ފިލްމަށް އެއްބަސްވުމުގެ ކުރިން، ސްކްރިޕްޓް އޭނާ ބޭނުންވާ ފެންވަރަށް ގެނައުމަށް އާމިރު ވަގުތު ނަގަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
"ރޭސް ރީބޫޓް" ޑައިރެކްޓްކުރާނީ އާމިރު ޚާންއާއެކު މީގެ ކުރިން "ދޫމް 3" އަދި "ތަގްސް އޮފް ހިންދުސްތާން" ގެނެސްދިން ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ. މިއީ އެ ދެމީހުން އެކުގައި މަސައްކަތްކުރާނެ ތިންވަނަ އެކްޝަން ފިލްމެވެ.
ޓިޕްސް ފިލްމްސްގެ ފަރާތުން ރަމޭޝް ތައުރާނީ މިހާރު ވަނީ މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ފަށާފައެވެ. ސިދާތު، ޓައިގާ އަދި އާމިރު ޚާން ފަދަ ވަރުގަދަ ތަރިންތަކަކާއެކު އުފައްދާ މި ފިލްމު ވެގެންދާނީ މިވަގުތު އެކްޝަން ތުރިލާ ޖޯންރާގައި ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމަށެވެ.

ކިޔުންތެރިންގެ ހިޔާލު