ކަންނަޑާ ސުޕަސްޓާރު ޔަޝް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޓޮކްސިކް"ގެ ހިންދީ ވާޝަން، ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައި ތާރީޚުގައި ވެސް ފެނިގެން ނުދާ ފަދަ ބޮޑު ވެއްޓުމެއް ވެއްޓިއްޖެއެވެ.
ރިލީޒްކުރި ފުރަތަމަ ފަސް ދުވަހުގެ ވީކެންޑުގައި 124 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދުމަށްފަހު، ފުރަތަމަ ހޯމަ ދުވަހު މި ފިލްމުގެ ވިޔަފާރި ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ލަފާކުރެވޭ ގޮތުގައި ފިލްމު އެޅުވިތާ ހަވަނައަށް ވީ ހޯމަ ދުވަހު ހިންދީ މާކެޓުން ފިލްމަށް ލިބިފައިވަނީ އެންމެ 3.25 ކްރޯޑާއި 3.75 ކްރޯޑު ރުޕީސްއާ ދެމެދުގެ އަދަދެކެވެ. މިއާއެކު ފިލްމަށް މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 127.50 ކްރޯޑަށް އަރާފައެވެ.
ފިލްމު އެޅުވި ފުރަތަމަ ދުވަހު ހިންދީ ބަހުން އެކަނިވެސް 53.50 ކްރޯޑުގެ ތާރީޚީ އާމްދަނީއެއް ހޯދި ނަމަވެސް، ހޯމަ ދުވަހުގެ ވިޔަފާރި ވަނީ ފުރަތަމަ ދުވަހާ އަޅާބަލާއިރު 94 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ ސިނަމާގެ ތާރީޚުގައި
ވެސް ފުރަތަމަ ހޯމަ ދުވަހު މިހާ ބޮޑު ވެއްޓުމެއް ރެކޯޑުކުރެވުނު މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ. މިހާރު މި ފިލްމަށް ހިންދީ މާކެޓުގައި 150 ކްރޯޑުގެ އަމާޒަށް ވާސިލްވުމަކީ ވެސް ވަރަށް ނާދިރު ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކޮށްފައިވާ "ޓޮކްސިކް" އަށް ބެލުންތެރިންނާއި ކްރިޓިކުންގެ ފަރާތުން ލިބެމުންދާ ނެގެޓިވް ރިވިއުތަކުގެ ސަބަބުން، މިއީ އިންޑިއާ ސިނަމާގެ ތާރީޚުގައި ވެސް އެންމެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާނެ އެއް ފިލްމު ކަމަށް ބެލެވެއެވެ.
އަންގާރަ ދުވަހުވެސް މި ފިލްމުގެ ވިޔަފާރި އިތުރަށް ދަށަށް ދާނެ ކަމަށް ބެލެވޭއިރު، ބެލުންތެރިން ނުވަންނާތީ ދެވަނަ ހަފްތާއަށް ދާއިރު ގިނަ ސިނަމާތަކުން މި ފިލްމު ނަގަން ޖެހިދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު