މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ހެނދުނު 8:15 އެހައިކަންހާއިރުއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެކްސިޑެންޓުވި އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާއަށެވެ.
އެ ކުއްޖާއަށް އަނިޔާވުމާ ގުޅިގެން އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ނަމަވެސް، އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ވެސް ދުއްވަން ތިބީ އެއްގަމު އުޅަނދު ދުއްވުމުގެ ސައްހަ ލައިސަންސް އޮންނަ ދެ މީހުންނެވެ. މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު