ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ނުފޫޒުން އުފުލާފައިވާ ދައުވާތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ޒާތީ ހަސަދަވެރި ކަމުގައި މޭޔަރު ސަޢުދާ ދެކޮޅަށް މި ދައުވާތައް އުފުލާފައިވީ ނަމަވެސް ތިނަދޫގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި މޭޔަރު ސައުދު ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އިންތިޚާބީ މަންދޫބުންނަށް ބިރުދެއްކުމާއި، ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް، ބާރުތައް މަރުކަޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސައުދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ބޭނުންވާ 10،000 މީހުންގެ އާބާދީ ހަމަވާކަން ދެއްކުމުގެ ގޮތުން، 4 ސެޕްޓެމްބަރު 2022 ގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސައްހަ ނޫން އާބާދީގެ ލިސްޓެއް ހުށަހެޅި ކަމަށް ބުނާ މައްސަލައިގައެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމެނެއެވެ.
މީގެ އިތުރުން، އެލްޖީއޭއިން އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހުށަހެޅުމަށް އެދުމުން، 13 އޯގަސްޓު 2023 ގައި ސައުދު ސޮއިކުރައްވައި ހުށަހެޅުއްވި ލިސްޓުގައިވެސް އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ކަމަށް ދައުލަތުން ބުނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އެދިފައިވާ ގޮތަށް އާބާދީގެ މައުލޫމާތު ފަހުން ފޯރުކޮށްދީފައި ނުވާ ކަމަށާއި، ކަމާބެހޭ ރެކޯޑުތައް ބަލަހައްޓާފައި ނުވާ ކަމަށް ބުނެ ސައުދު ފުލުހުންނަށްވެސް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ދައުވާތަކާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ދައުވާތަކެއް ކަމަށާއި، އިންތިޚާބީ މަންދޫބުންނަށް ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެއިތުރުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްވެސް ވަނީ މި ދައުވާތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ސައުދު އަލީއަކީ ތިނަދޫ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. އޭނާ މޭޔަރުކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވީ މިއަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައެވެ.

ކިޔުންތެރިންގެ ހިޔާލު