ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމާ ޚިލާފަށް، ހުއްދަ ނެތި އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވާ 11 މައްސަލައެއް އެ ކުންފުނިން ތަހުގީގުކުރަން ފަށައިފިއެވެ.
އެފްޑީސީން ބުނީ، ފްލެޓްތަކުގެ އުސޫލުތަކާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 44 މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާއިރު، އޭގެ ތެރެއިން 4 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ފްލެޓް ކުއްޔަށް ދިން އެއް ފަރާތެއް ޖޫރިމަނާކޮށް، 11 މައްސަލަ ބަލަމުންދާ ކަމަށާއި، ދެ ފަރާތަކަށް އިންޒާރުގެ ނޯޓިސް ދީފައިވާއިރު، ބާކީ 8 މައްސަލަ އަދިވެސް އަންނަނީ ބަލަމުން ކަމަށް އެކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
"އަމާން އުދަރެސް" އަދި "އަމާން ދޯދި" ގެ ނަމުގައި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ 4،000 ހައުސިންގ ޔުނިޓަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަ ކޮށްގެން ދޫކޮށްފައިވާ ތަންތަނެވެ. އެހެންކަމުން، ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި މި ތަންތަން އެހެން މީހުންނަށް ކުއްޔަށް ދޫކުރުމަކީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު އަދި ފްލެޓް އަތުލެވިދާނެ ކަމެއްކަމަށް އެފްޑީސީން ވަނީ ހަނދާން ކޮށްދީފައެވެ. އަދި މީސްމީޑިއާގެ އެކި ޕޭޖުތަކުގައި މި ފަދަ ފްލެޓުތައް ކުއްޔަށް ދޫކުރަން އިޝްތިހާރު ކުރަމުންދާކަން އެކުންފުނިން ފާހަގަ ކޮށްފައިވެއެވެ.
މީގެކުރިން މިދިޔަ ފެބްރުއަރީ މަހު "އަމާން އުދަރެސް" ފްލެޓެއްގައި ބިދޭސީންގެ ލޭބަރ ކުއާޓާއެއް ހަދައިގެން އުޅުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން ބިދޭސީން ނެރެ، މިހާރު އެ ފްލެޓުގައި ދިރިއުޅެމުންދަނީ އެ ފްލެޓް ހައްގުވާ އާއިލާއެވެ.
އޭގެއިތުރުން ފްލެޓްތަކުގެ އެތެރެއާއި އޮނިގަނޑަށް ހުއްދަނެތި ބަދަލުގެނައި 27 މައްސަލައެއް ވެސް އެފްޑީސީން ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން ވެސް އެއް ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ. ހަމައެއާއެކު، އެންގުންތަކަށް ތަބާނުވުމުގެ ދެ މައްސަލައަކާއި، އަޑުގަދަކުރުމުގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށް އެފްޑީސީން ބުނެއެވެ.
ފްލެޓްތަކުގެ ކުލި ދެއްކުމުގެ ކަންކަމަށް ބަލާއިރު، 3،405 އެޕާޓްމަންޓަކުން ގަވާއިދުން ފައިސާ ދައްކަމުންދާ ނަމަވެސް، ކުލި ނުދައްކާ 509 ފަރާތެއް އުޅޭކަން ވެސް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު