ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް ހިންގަމުންނެވެ. އެގޮތުން "Hulhumale Daily Rent Apartment" (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި، 7217905 (960+) ނަންބަރު ބޭނުންކޮށްގެން މިފަދަ ސްކޭމްތައް ހިންގަމުންދާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ ބައެއް އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މި ޖަރީމާތަކުގައި ނޯންނަކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
ސްކޭމަރުން އޮޅުވާލައިގެން ފައިސާ ހޯދާ ގޮތް:
- އޮޅުވާލައިގެން އިޝްތިހާރުކުރުން: މީހުންގެ ޝައުގުވެރިކަން ހޯދުމަށް އެހެން މީހުންގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން، އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށް ބުނެ އިޝްތިހާރު ކުރުން.
- އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން: މެސެޖު ކުރުމުން އެހެން ކަސްޓަމަރުން ވެސް އެޕާޓްމަންޓަށް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި، ބުކިންގ ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރުން.
- އެޑްވާންސް ފައިސާ އަތުލުން: ވަކި ބޭންކް އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް އެދުން.
- ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން: މީހުންގެ އިތުބާރު ހޯދުމަށްޓަކައި ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުން.
- ފައިސާ ލިބުމުން ގުޅުން ކަނޑާލުން: ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ފޮނުވުމާއެކު، މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދިނުން.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުދެއްކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުއްޔަށް ހިފުމުގެ ކުރިން ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ލިޔުން ޔަގީންކުރުމަށާއި، އަވަސްއަރުވާލައިގެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް އެދޭ އެދުންތަކަށް ފާރަވެރިވުމަށް ވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށް ވެސް ފުލުހުން ނަސޭހަތްތެރިވެއެވެ.
ފުލުހުން ބުނީ، މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު