އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޒަމާނީ ފެންވަރުގެ ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފިއެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މި އިމާރާތަކީ ދެކުނުގެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު ރަނގަޅުކުރުމުގެ ބޭނުމުގައި އިމާރާތްކުރެވުނު ތަނެކެވެ. ތިން ފަންގިފިލާއަށް ތަރައްގީކޮށްފައިވާ މި އިމާރާތަކީ 40 މީހުންގެ ޖާގައިގެ އިމާރާތެކެވެ.
މި އިމާރާތުގައި ފެންވަރު ރަނގަޅު އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ހިދުމަތްތަކަށް ހާއްސަ ބައިތައް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ކޮންފަރެންސް ރޫމެއްގެ އިތުރުން ކޮމަން އޭރިއާތައް ހިމެނެއެވެ. އަދި މި އިމާރާތް ފުރިހަމަކޮށްފައިވަނީ ފުލުހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އަސާސީ އެހެނިހެން ވަސީލަތްތަކާ އެކުގައެވެ.
ފުލުހުންގެ މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫއުގެ އާކިޓެކްޗަރަލް ޑިޒައިން 2022 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓް ޓީމުން ތައްޔާރުކުރުމަށްފަހު، މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ޖަނަވަރީ 8 ގައެވެ. އަދި 2023 ޖަނަވަރީ 15 ގައި ސައިޓް ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2023 ފެބުރުވަރީ 14 ގައެވެ.
ހިތަދޫ ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ހުޅުވުމަކީ މާލެ ސަރަހައްދުން ބޭރުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، މުޅި ރާއްޖޭގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސަދަން ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ސައުތު ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު