މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި އަންނަ ހަފުތާގައި ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަންވަރު އިބްރާހީމް ރާއްޖެއަށް ވަޑައިގަންނަވަނީ ބްރެޒިލް، އިންޑިއާ، ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ ކަމަށްވާ "ބްރިކްސް"ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރަށްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.
މިއީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މެލޭޝިއާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ. އެއީ އޭރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގެވެ.
ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަދި މަތީ ތައުލީމު ހާސިލުކުރުމަށާއި އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ މެލޭޝިއާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިދިޔަ އަހަރު ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު ކުރެއްވި އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު ފަސް ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. އެ ދަތުރުފުޅަށް ފަހު ރައީސް ވިދާޅުވެފައިވަނީ ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް އެކި ދާއިރާތަކުން މެލޭޝިއާއާ އެކު އޮތް ގުޅުން އިތުރަށް ފުޅާކޮށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.
އަންނަ ހަފުތާގައި އަންވަރު އިބްރާހީމް ރާއްޖެއަށް ކުރަށްވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އާ އުސްމިންތަކަކަށް ގެންދިއުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު