މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށްދިޔައީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލާއި އަލްރާޖިހީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ބަންދަރު ޢަބްދުﷲ އަލްރާޖިހީއާ ދެމެދުގައެވެ. މި
ބައްދަލުވުމުގައި ޙައްޖު ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ކުރިއަށް އޮތް ތަނުގައި ދެމުއައްސަސާ ގުޅިގެން މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކާއި، ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޙައްޖާއި ޢުމްރާގެ އަޅުކަމަށްދާ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ޙައްޖު ކޯޕަރޭޝަނުން އަންނަނީ މި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ކޯޕަރޭޝަނުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ދެ އަހަރަކީ ދިވެހި ޙައްޖާޖީންނަށް މިހާތަނަށް އެންމެ ފުރިހަމަ އަދި އަރާމު ޚިދުމަތްތަކެއް ލިބިގެންދިޔަ ދެ އަހަރުކަން ފާހަގަކޮށްލެވެއެވެ. ސަޢޫދީގެ އަލްރާޖިހީ ފަދަ ބޮޑެތި ކުންފުނިތަކާއެކު ބޭއްވޭ މިފަދަ މަޝްވަރާތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ޙައްޖުވެރިންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ، ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު