ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުފެށުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމްއެންޑީއެފުގެ ކޯސްޓުގާޑުން ވަނީ ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ކަމާބެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް އެދިފައެވެ. އަދި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯއާއި އެއީ ރަނގަޅަށް މަސައްކަތްކުރާ ތަކެތިކަން ޗެކްކުރުމަށް އެމްއެންޑީއެފުގެ ކޯސްޓުގާޑުން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، މުދާތައް ނުގުޑާނެހެން ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ކޯސްޓުގާޑުން ވަނީ އެދިފައެވެ. އަދި ދަތުރުކުރައްވާ އެންމެހައި ފަރާތްތަކުންވެސް ލައިފްޖެކެޓް އަޅައިގެން ތިބުމަށާއި، އުޅަނދުގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ އިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު