މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖުގައި އުޅަނދެއް ޖެހި ހިނގި ހާދިސާގައި ބްރިޖުގެ ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، މިއީ ހަނި ފުރުސަތަކުން ބޮޑު ކާރިސާއަކުން ސަލާމަތްވި ހާދިސާއެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ ސިނަމާލެ ބްރިޖު ސަރަހައްދުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން، ބްރިޖު އެޅި ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރޭގެ ވަގުތެއްގައާއި މިއަދު ހެނދުނު ބްރިޖުގެ ހާލަތު ބަލައި އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި ﷲގެ ރަޙްމަތްފުޅުން ބްރިޖުގެ ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ލިބިފައިވަނީ ހަމައެކަނި ބޭރުފުށުގެ ކޫރުންތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ކޫރުންތައް މަރާމާތު ކުރުމުގެ މަސައްކަތް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާއެކު ވެވިފައިވާ މޮނިޓަރިން އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓިގެން ދިއުމަކީ ދެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، މުޅި ވެރިކަންކުރާ ސަރަހައްދުގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކޮށްފާނެ ފަދަ ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމަށް ފިޔަވަޅު އަޅަންވާނީ ހާދިސާއެއް ހިނގުމުގެ ކުރިން ކަމަށެވެ.
އެގޮތުން ސަރުކާރުން އިސްނަގައިގެން އެފަދަ ކަންކަމަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރަމުން އަންނަކަން ހާމަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބްރިޖާ ހަމައަށް އޮޔާދާ އުޅަނދުތައް ހިފެހެއްޓުމުގެ ގާބިލުކަން ހުރި ބާރުގަދަ ދެ ޓަގުބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ ޓަގުބޯޓުތައް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އިތުރަށް މުރާޖައާކޮށް، އެމްއެންޑީއެފް ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުވާސަލާތުކުރުމާއި ހަރަކާތްތެރިވާނެ ސާފު އުސޫލުތަކެއް އެކަށައަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު