ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި 589 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އިމުގެ ތެރެއިން އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސްއޫލިއްޔަތު އުފުލަމުންދާ އެޗްއާރްސީއެމުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި އަދަދަކީ މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތަކުގެ ޖުމްލައެވެ. މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އިބްތިދާއީ މަރުހަލާގައި ބެލުމަށްފަހު ތަހުގީގު ކުރަން ނިންމާފައިވަނީ 284 މައްސަލައެކެވެ. އަދި ބާކީ 305 ޝަކުވާއެއް ތަހުގީގު ނުކުރުމަށް ވަނީ ނިންމާފައެވެ.
އިބްތިދާއީ މަރުހަލާގައި ގިނަ މައްސަލަތަކެއް ބޭރުކޮށްލަން ޖެހުނު ސަބަބު ބަޔާންކުރަމުން އެ ކޮމިޝަނުން ފާހަގަކުރީ، އެއީ ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭ އަދި ފުރަތަމަ މަރުހަލާގައި އެހެން އިދާރާތަކުން ބަލަންޖެހޭ މައްސަލަތަކަކަށް ވާތީ ކަމަށެވެ. އެފަދަ ފަރާތްތަކަށް ކަމާގުޅޭ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށް އިރުޝާދު ދީފައިވާނެ ކަމަށާއި، އެ އިދާރާތަކުން މައްސަލަ ބެލުމުގައި ލަސްވާނަމަ ނުވަތަ އެކަށީގެންވާ ފިޔަވަޅެއް ނާޅައިފިނަމަ އަލުން ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިޝަނުގެ ފަރާތުން ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މައްސަލަތައް ނިންމުމުގެ ދުވެއްޔަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 297 މައްސަލައެއް ތަހުގީގުކޮށް ނިންމައި ފައިލްކޮށްފައިވެއެވެ. މީގެ ތެރޭގައި ކުރީ އަހަރުތަކުން ވާރުތަވި 199 މައްސަލައެއް ހިމެނެއެވެ. އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ޖުލައި މަހު (61 މައްސަލަ) އަދި އޯގަސްޓް މަހު (48 މައްސަލަ) ގައެވެ. އަދި މިއަހަރު ބަލަން ފެށި މައްސަލަތަކުގެ ތެރެއިން 72 އިންސައްތަ މައްސަލަ 90 ދުވަހުގެ ތެރޭގައި ނިންމާފައިވާއިރު، މިއަހަރު ހުށަހެޅި މައްސަލަތައް އެވްރެޖުކޮށް 70 ދުވަސް ތެރޭގައި ނިންމާލެވިފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
މި އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ 188 ޝަކުވާއެވެ. ނަމަވެސް ކުރީ އަހަރުތަކުން ފެށިގެން ނުނިމި ހުރި 415 މައްސަލައެއް އެބައޮތް ކަމަށާއި، އޭގެ ތެރޭގައި ދެ އަހަރަށްވުރެ ގިނަ ދުވަސްވީ 102 މައްސަލައެއް ހިމެނޭތީ އެފަދަ މައްސަލަތައް އަވަސްކުރުމަށް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށް ކޮމިޝަނުން ހާމަކުރެއެވެ.
އެޗްއާރްސީއެމަށް ހުށަހެޅުނު ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ސިއްހީ ހިދުމަތްތަކާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ސިއްހީ ދާއިރާގެ 104 ޝަކުވާއެއް ލިބިފައިވެއެވެ. މީގެ އިތުރުން ފުލުހުން އަނިޔާކުރާ ކަމަށް ބުނެ ހުށަހެޅި 23 މައްސަލައަކާއި، ގައިދީންނާއި ބަންދު މީހުންގެ ހައްގުތަކާ ގުޅޭ 21 މައްސަލައެއް ހިމެނެއެވެ.
ކޮމިޝަނުން ފާހަގަކުރި ގޮތުގައި ތަހުގީގު ހިންގަން ނިންމި މައްސަލަތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ޖަލުތަކާއި ބަންދު މަރުކަޒުތަކުގައި ތިބޭ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ޝަކުވާތަކެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ނުދެއްކުމާއި، ޑޮކްޓަރުން ދޭ ލަފަޔާ އެއްގޮތަށް ބޭސްފަރުވާގެ ކަންކަން ހަމަނުޖެހުމުގެ އިތުރުން، އާންމު ސިއްހަތަށް ފަރުވާކުޑަކުރުމުގެ މައްސަލަތައް ގިނަކަން އެ ކޮމިޝަނުން ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު