ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށްޓަކައި ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ އިމްތިޙާނުތަކުގެ ނަތީޖާއަށް ވެގެންނުވާނެ ކަމަށާއި، ހުރިހާ ކުދިން ޝާމިލުވާ ތަޢުލީމާއި ވޮކޭޝަނަލް ތަމްރީނަކީ ޤައުމީ ތަރައްޤީގެ މައިގަނޑު އަސާސްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އިން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ ބައިނަލްއަޤްވާމީ މުދައްރިސުންގެ މަހާސިންތާ (ޓީޗާރސް ކޮންފަރެންސް) ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގައި މުދައްރިސުން އަދާކުރައްވާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ޤައުމީ މަންހަޖުގެ މައިގަނޑު އަމާޒަކަށް ވާންވާނީ ހަމައެކަނި އިމްތިޙާނުތަކާއި ސްކޫލް ދައުރު ފުރިހަމަކުރުން ނޫން ކަމަށާއި، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން ފުރިހަމައަށް ތައްޔާރުކުރުން ކަމަށެވެ. އަދި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމަކީ ޤައުމުގެ ޞިނާޢަތްތައް ކުރިއެރުވުމަށާއި، އީޖާދީ ވިސްނުންތައް އާލާކޮށް، ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެއްވެސް ކުއްޖަކު ބާކީނުކޮށް، ކޮންމެ ކުއްޖެއްގެ ވެސް ޤާބިލުކަމާއި ދަސްކުރުމުގައި ހުންނަ ތަފާތުތަކަށް ރިޢާޔަތްކުރާ އިންކްލޫސިވް ކްލާސްރޫމްތަކެއް ޤާއިމުކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން އުނގަންނައިދިނުމަށް ފަސޭހަތަކެއް ލިބުނު ނަމަވެސް، މުދައްރިސެއްގެ ދައުރު އެއިން ފޫނުބެއްދޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންގެ ކިބައިގައި ރިވެތި އަޚްލާޤާއި ސުލޫކު އަށަގަންނުވައި، ދިރިއުޅުމަށް ހިތްވަރުދިނުމުގައި މުދައްރިސުންގެ ދައުރު މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
"ރީއިމޭޖިން، ރީތިންކް، ރިފޯމް – އެޑްވާންސިންގ އިނޮވޭޝަން ފޯ އެން އެކުއިޓަބަލް އެންޑް ރެޒިލިއެންޓް ފިއުޗަރ" މި ޝިޢާރުގެ ދަށުން މި މަހުގެ 12 އިން 13 އަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޢުލީމީ ދާއިރާގެ އިސްވެރިންނާއި، މުދައްރިސުން އަދި ދިރާސާވެރިން ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު