ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަދެފައިވާ ބޭރުގެ ދެ އުޅަނދެއް ކޮންޓްރޯލުން ނެއްޓި، މާލޭގެ އިރުމަތީ ފަރަށާއި ސިނަމާލެ ބްރިޖުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލު މިނިވަންކަމާއެކު ތަހުގީގުކޮށް، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ސަރުކާރަށް ގޮވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ސަރަހައްދަށް ވަދެ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި މާލޭގެ ބަނދަރުގައި އަޅާފައި އޮތް "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ތެޔޮ ބާޖަކާއި "އޭއެލް 1" ނަމަކަށް ކިޔާ ޓަގުބޯޓެއްގެ ސަބަބުންނެވެ. މި ދެ އުޅަނދު އަޅާފައި އޮތްއިރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައި ނުވުމުގެ ސަބަބުން، 2026 ސެޕްޓެމްބަރު 10 ވަނަ ދުވަހު އުޅަނދުތައް ކަހައިގެން ގޮސް މާލޭގެ އިރުމަތީ ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، މާލޭގެ އިޚްތިޞާޞްގައި ހިމެނޭ ތިމާވެއްޓާއި، ފަރުތަކާއި، އުމްރާނީ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާއެއްކަން ފާހަގަކުރަމުން ކައުންސިލުން ބުނީ، މި ހާދިސާއާ ގުޅޭ ފުރިހަމަ މަޢުލޫމާތު މިހާތަނަށް ދައުލަތުގެ އިދާރާތަކުން ހާމަކޮށްފައި ނުވާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަމަށެވެ.
އެހެންކަމުން، މި އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަން ގޮތާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތްއިރު ކަންހިނގި ގޮތުގެ އިތުރުން، އެއްވެސް މުއައްސަސާއެއްގެ ނުވަތަ ފަރުދެއްގެ އިހުމާލެއް މިކަމުގައި ވޭތޯ ބެލުމަށްޓަކައި ޢާންމުކޮށް ހުޅުވާލެވިފައިވާ މިނިވަން ތަހުގީގެއް ހިންގުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށްފަހު، ފަރަށާއި ބްރިޖަށް ލިބުނު މާލީ ބޮޑު ގެއްލުމުގެ ބަދަލު ޤާނޫނީ ހަމަތަކުގެ މަތިން ހޯދުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، މި ހާދިސާގައި ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ގެއްލުން ވެފައިވާތީ، ބްރިޖުގެ ސްޓްރަކްޗަރަލް ރައްކާތެރިކަން ދެނެގަތުމަށްޓަކައި ފުރިހަމަ އިންޖިނިއަރިންގ އޮޑިޓެއް ހަދައި، ބްރިޖުގެ ސަލާމަތްތެރިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ފިލުވައިދިނުމަށްޓަކައި އެ މަޢުލޫމާތު ޢާންމުކުރުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު