ސިނަމާލެ ބުރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތްތަކަށް ދިވެހިން ތަމްރީނުކުރުމުގެ ގޮތުން، ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ 5 މީހުންގެ ޓެކްނިކަލް ޓީމެއް ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ސެޕްޓެންބަރު 15 އިން 26 އަށް ޗައިނާގައި ކުރިއަށްގެންދާ 10 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމަށް ފުރުމުގެ ކުރިން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިއަންހުއާ ވަނީ މި ޓީމާ ބައްދަލުކުރައްވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ސިނަމާލެ ބުރިޖުގެ އެސެސްމަންޓްތައް ހެދުމާއި މެއިންޓަނަންސްގެ އެކި މަސައްކަތްތަކުގައި މިހާރުވެސް ޢަމަލީގޮތުން އެހީތެރިވަނީ އެ ބުރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނިންނެވެ.
އެގޮތުން، މިދިޔަ ހަފުތާގެ ތެރޭގައި ދެ ބޯޓެއް ބުރިޖުގައި ޖެހި ހިނގި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ފަންނީ އެހީތެރިކަމާއެކު އިންސްޕެކްޝަން ސަރވޭއެއް ހަދައި، ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ވަނީ ކަށަވަރުކޮށްފައެވެ.
2018 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްމީކޮށް ހުޅުވި 200 މިލިއަން އެމެރިކާ ޑޮލަރުގެ ސިނަމާލެ ބުރިޖަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބިނާކުރެވުނު 1.4 ކިލޯމީޓަރުގެ ބުރިޖެކެވެ.
ބުރިޖު ދިގު މުއްދަތަކަށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ތަމްރީނުކުރުމުގައި ޗައިނާއިން ވެދެމުންދާ އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަމެއްގެ ގޮތުގައި ވުޒާރާއިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު