ރާއްޖޭގެ ކަޅުބާޒާރުގައި ފުޅާދާއިރާއެއްގައި ޑޮލަރުގެ މުޢާމަލާތްތައް ހިންގަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ފާހަގަކުރެވި، އޭގެ ތެރެއިން 9 މީހަކު ހައްޔަރުކޮށްގެން އެ މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުންގެ ޓާސްކްފޯހުން ޚާއްޞަ ނަންބަރެއް ތަޢާރަފުކޮށްފައިވާ ކަމަށެވެ. އަދި މި 12 މީހުން އަތުލައިގަނެވިފައި ވަނީ އެ ނަންބަރަށް އާންމުންގެ ފަރާތުން ލިބުނު ރިޕޯޓުތަކަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލުމަށްފަހު، އެފަދަ ފަރާތްތަކުން ޖިނާއީ ކުށެއް ކުރުމުން ނުވަތަ ފުލުހުންގެ ބަންދަށް ގެންދިއުމުން ކުއްލިއަކަށް ސްޕޮންސަރުން އެމީހުންނާ ހަވާލުވާން އައުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބިދޭސީން ލައްވައި މިފަދަ ޤާނޫނާ ޚިލާފު ކަންކަން ކުރުވާ ދިވެހިންނަށް ވެސް އެއްވެސް ލުޔެއް ދިނުމެއް ނެތި ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ކުރީގެ ސަރުކާރުތަކުން ޤާނޫނުތައް ތަންފީޒުނުކޮށް އޮތުމަކީ، ޤާނޫނާ ޚިލާފުވުމަށް އޮތް ހުއްދައެއް ނޫން ކަމަށާއި، ބިދޭސީންނާމެދު އިހުމާލުވާ ދިވެހިންނަށް، އެމީހަކު އިހުމާލުވީ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެކަން ވަޒީރު ހާމަކުރެއްވިއެވެ.
ބައެއް ކަންމަތީ ފިހާރަތަކަކީ ބިދޭސީން ޑޮލަރު މާރުކުރުމަށް ބޭނުންކުރާ ނިވާފަތްގަނޑެއް ކަމަށާއި، ދިވެހިންގެ އެކައުންޓުތަކަށް އެމީހުންގެ މުސާރަ ޖަމާކުރުމަށް ފަހު، އެ ފައިސާ ޑޮލަރަށް ބަދަލުކޮށްގެން ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ސްމަގަލްކުރާކަން ފާހަގަވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޮޑެތި އަދަދުތަކުން ޓީޓީ ހެދުމުގައިވެސް ނަހަމަ ގޮތްތައް ބޭނުންކުރާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަންކަން ވެސް ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު