ދިވެހި ސިނަމާގައި އަސަރުގަދަ ލޯބީގެ ވާހަކަތަކުން ބެލުންތެރިންގެ ލޮލުން ކަރުނަ އޮއްސުވާލާ ކުޅަދާނަ ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން" ގެ ފުރަތަމަ ޕޯސްޓަރާއި ޓީޒަރު ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައި ރަސްމީކޮށް ދައްކާލައިފިއެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ "މަޖުނޫން" އަކީ ތަގުދީރާ ދެކޮޅަށް ލިޔެވިފައިވާ އަސަރުގަދަ، ހިތްދަތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ރޭ އާންމުކުރި މި ފިލްމުގެ ޓީޒަރާއެކު، ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަމާއި އިންތިޒާރު މިވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.
ރޭ އާންމުކުރި 28 ސިކުންތުގެ ކުރު ނަމަވެސް، ޖަޒުބާތުން ފުރިގެންވާ މި ޓީޒަރު ފެށިގެންދާއިރު އިވެނީ ލީޑު އެކްޓަރު އަހްމަދު ޝާރިފްގެ އަސަރުގަދަ ބަސްތަކެކެވެ. އެގޮތުން "އެއްވެސް އެއްްޗެއް މިއަދު އަތުގަ ނެތަސް، ލާނާއަށްޓަކައި ލޯބިން ފުރިފައިވާ ހިތެއް އަހަރެންގެ އެބަ އޮތް،" ކަމަށް ބުނާ އަޑު އިވެއެވެ. އަދި ޓީޒަރު ނިމިގެންދަނީ "އަހަންނަކީ ލޯބީގަ ދިވާނާވެފައި ހުރި މަޖުނޫނެއް،" ކަމަށް ބުނެ ޝާރިފް އިއްވާލާ ފުން އަސަރުން ފުރިގެންވާ ޑައިލޮގުންނެވެ. މި ބަސްތަކާއެކު ޓީޒަރުން ފެނިގެންދަނީ ޝާރިފް އަދި ލީޑު ބަތަލާ މަރިޔަމް ޝީފާގެ ޖާދުވީ އަދި ފުން ލޯބީގެ މަންޒަރުތަކެކެވެ.
ފިލްމުގެ މުހިންމު އެހެން ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ހުނަރުވެރި ތަރި ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ، އަދި މުހައްމަދު މަނިކުގެ އިތުރުން ލާލީ އަދި އެވްލީ އެވެ.
ޓީޒަރު ލޯންޗުކުރުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަދައްކަމުން ޕްރޮޑިއުސަރު ނަހުލާ ބުނީ، މިއީ މުޅި ކާސްޓާއި ކްރޫގެ ވަރަށް ބުރަ އަދި އިހުލާސްތެރި މަސައްކަތްތަކަކުން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. އަދި މިއީ ލާލީ އާއި އެވްލީގެ ދެވަނަ ފިލްމަށްވާައިރު އެ ދެ ކުދިންގެ ފަރާތުން ވަރަށް ތަފާތު އަދި މޮޅު އެކްޓިންއެއް މި ފިލްމުގައި ދައްކުވައިދީފައިވާނެ ކަމަށް ވެސް ނަހުލާ ފާހަގަކުރިއެވެ.
މީގެ އިތުރުން ނަހުލާ ބުނީ އޭނާގެ ފަރާތުން ބެލުންތެރިން އަބަދުވެސް އުންމީދު ކުރަނީ ލޯބީގެ ފިލްމުތަކަށް ކަމަށްވާއިރު، ކޮންމެ ފަހަރަކުވެސް މަސައްކަތް ކުރަނީ ތަފާތު ގޮތަކަށް އެފަދަ ފިލްމެއް ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން "މަޖުނޫން" އަކީ ހަމައެކަނި އާދައިގެ ލޯބީގެ ވާހަކައަކަށް ވުރެ ބޮޑަށް، ވަރަށް ވަރުގަދަ އަދި އެތައް ކަމެއް އެކުލެވިގެންވާ، އެހެން ފިލްމުތަކަށްވުރެ ބުރަ މަސައްކަތްތަކެއް ކޮށްގެން ގެނެސްދޭ ތަފާތު އުފެއްދުމެއް ކަމަށް އޭނާ ހާމަކުރިއެވެ.
ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ނަހުލާގެ މި އައު ޖާދޫ "މަޖުނޫން" އޮލިމްޕަސް ސިނަމާގެ ސްކްރީނަށް އަންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު