ޓްރެއިނިން އަށް ބޭނުންކުރާ ފްލައިޓުތައް، ފޮޓޯ: ޕައިލެޓްޓްރެއިނިންފިލިޕީންސް
ޓްރެއިނިން އަށް ބޭނުންކުރާ ފްލައިޓުތައް، ފޮޓޯ: ޕައިލެޓްޓްރެއިނިންފިލިޕީންސް
ފްލައިޓެއްގެ ބުރަފަތީގައި ޖެހި ދިވެހި ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި ޒަހަމްވެފައިވަނީ ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވަމުންދާ ހދ. ހަނިމާދޫ، އަބްދުލް މާނިއު އަށެވެ.

މާނިއު ޒަހަމްވެފައިވަނީ ޓްރެއިނިން އަށް ބޭނުން ކުރާ މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމުތަކެއް ލިބިފައި ވެއެވެ.

ފިލިޕީންސްގައި ކިޔަވާ ދަރިވަރަކު ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތުދެމުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ އޭނާ ފްލައިޓުން ފައިބައިގެންދަނިކޮށް، ބޮލަށް އެނބުރުން އަރައިގަނެގެން ވެއްޓުނު ވަގުތުގައި ކަމަށެވެ. އެ ދަރިވަރު ބުނީ ފްލައިޓުން މާނިއު ފޭބިއިރު ބުރަފަތި ނުނިއްވާ ކަމަށާއި، މާނިއު ފައިބައިގެން ގޮސްފައިވަނީ ހޮޑުލެވޭތީ ކަމަށެވެ. އަދި އޭރު އިންސްޓްރަކްޓަރު ފްލައިޓުތެރޭގައި، ބުރަފަތި ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށްވެސް އެ ދަރިވަރު ވަނީ ބުނެފައެވެ.

އޭނާ ބުނީ އެންމެ ބޮޑަށް ޒަހަމްވީ މާނިއުގެ މޫނަށް ކަމަށެވެ. އެހެން ނަމަވެސް މާނިއުއަށް ވާހަކަ ދެއްކޭކަމަށް އޭނާ ވަނީ ބުނެފައެވެ.

މާނިއުއަށް މިހާރު ދަނީ ފިލިޕީންސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން