ޔޫއޭއީ ގެ ފްލައިދުބާއީ އެއާލައިންގައި މަސައްކަތްކުރާ އޮމާނުގެ ކޯ-ޕައިލެޓު، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ދިން ހަމަލާތަކުން ނަމޫނާ ނަގައިގެން، ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓެއް އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓުގެ ޓާމިނަލަށް ވައްޓާލަން ރޭވި ކަމުގެ ތުހުމަތު އެ ގައުމުން ކޮށްފިއެވެ.
ޔޫއޭއީގެ އެޓާނީ ޖެނެރަލް ޙަމަދު ސައިފް އަލް ޝަމްސީ ހުކުރު ދުވަހު މިކަން ހާމަކުރައްވަމުން ވިދާޅުވީ، އުމުރުން 29 އަހަރުގެ މި މީހާ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ވަދެފައިވަނީ މި ހަމަލާ ދިނުމުގެ މަގުސަދުގައި ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ.
ޕްރޮސެކިއުޓަރުން ބަޔާންކުރާ ގޮތުގައި، މި މީހާގެ ވިސްނުން ހައްދުފަހަނައަޅައި ދިޔައީ 2017 ވަނަ އަހަރު އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އޭނާ ފްލައިދުބާއީއާ ގުޅުނީ އޮމާން އެއާ އަދި ރޯޔަލް އެއާ މަރޮކްގައި މަސައްކަތް ކުރުމަށްފަހު، ޖެނުއަރީ 2026 ގައެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، ސެޕްޓެމްބަރު 30 ގައި މި ހަމަލާ ދޭން މަސައްކަތް ކުރުމުގެ ކުރިން، އޭނާ ވަނީ ތެލް އަވީވަށް ކުރި ދެ ދަތުރެއްގެ ބޭނުން ހިފައިގެން އެ ސަރަހައްދުގެ މަގުތަކާއި އެއާޕޯޓުގެ ހާލަތު ދިރާސާކޮށްފައެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވީ، ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު އޭނާ ވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑިއަކުން ބޯޓުގެ ކެޕްޓަނަށް ހަމަލާދީފައެވެ. ނަމަވެސް، އެ ވަގުތު ބޯޓުގައި ފަސިންޖަރެއްގެ ގޮތުގައި ދަތުރުކުރި އެހެން ޕައިލެޓަކާއި، ކެބިން ކްރޫއަކު އަދި ބައެއް ފަސިންޖަރުން ގުޅިގެން އޭނާ ހުއްޓުވައި، ކޮންޓްރޯލްގެ ދަށަށް ގެނައެވެ.
އޭގެ ފަހުން، އެނބުރި އަންނަ ދަތުރަށް ކަނޑައަޅާފައި ތިބި ޕައިލެޓުން ބޯޓުގެ ކޮންޓްރޯލް ނަގައި، ސައޫދީ އަރަބިއްޔާއަށް ބޯޓު ސަލާމަތްތެރިކަމާއެކު ވަނީ ޖައްސާފައެވެ.
ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ވަޒީފާއަށް މީހުން ނެގުމުގައި އާންމުކޮށް ހަދާ ބެކްގްރައުންޑް ޗެކްތަކުން އޭނާގެ ކިބައިން ހައްދުފަހަނައެޅުމުގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. އޭނާގެ ވަކީލުގެ ހާޒިރުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެ، މިއީ އަމިއްލައަށް ރޭވި ކަމެއް ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ރޭވުމުގައި އިތުރު ބަޔަކުބައިވެރިވެފައިވޭތޯ ބެލުމަށް ތަހުގީގީ އިދާރާތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އަދި ފްލައިޓް ކްރޫއިންނަށް ލިބޭ ބާރުތަކުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އޮތް މިންވަރާއި، ވައިގެ ދާއިރާގެ ފަންނީ މީހުންގެ މެދުގައި ހައްދުފަހަނައެޅުން ދެނެގަތުމުގައި ހުރި ގޮންޖެހުންތަކާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު