ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޕައިލެޓް ޓްރެއިނިން ހަދަން ސްކޮލަރޝިޕް ދީފަވަނީ ރާއްޖޭގެ އޭވިއޭޝަން ވަޒީފާގެ މާކެޓަށް ބެލުމެއް ނެތިކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާވަމުން އަންނަނީ އަހަރަކު ގާތްގަނޑަކަށް 7 އިންސައްތައަށް ކަމަށެވެ. މިއީ ވަރަށް ކުޑަ މިންވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ޕައިލެޓްކަން ކިޔެވުމަށް 500އަށްވުރެ ގިނަ ކުދިންނަށް ސްކޮލަރޝިޕް ދޫކުރިކަމަށެވެ. އަދި އަމިއްލަ ޚަރަދުގައި 200އެއްހާ ދަރިވަރުން ކިޔަވަމުންދިޔަކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، އަލަށް ކިޔަވައިގެން އަންނަ ކުދިންގެ ތެރެއިން ވަޒީފާގެ ފުރުޞަތު ލިބެނީ އަހަރަކު ވިއްސަކަށް ކުދިންނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން، ގިނަ ދަރިވަރުންތަކަކަށް ޕައިލެޓުކަން ކިޔެވުމަށް ސްކޮލަރޝިޕް ދޫކުރީ، އޭރުގެ ސަރުކާރުން އޭވިއޭޝަން މާކެޓަށް އެއްވެސްވަރަކަށް ބެލުމެއްނެތިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަދު ދަރިވަރުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ވަރަށްވެސް ބޮޑު މައްސަލައެއްކަމަށާއި، ރާއްޖެއަށް މުހިންމު ވަޒީފާގެ ދާއިރާތަކަށް ބެލުމަށްފަހު ސްކޮޕަރޝިޕް ފުރުޞަތު ދޭގޮތަށް އުސޫލުއޮތްނަމަ އިތުރު މުހިންމު ދާއިތަކުން ތަޢުލީމީ ގިނަ މީހުންތަކެއް ނެރެވޭނެކަމަށެވެ.
ޕައިލެޓުންގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް، ރާއްޖޭގެ އޮޕަރޭޓަރުން ޕައިލެޓުން ނަގާ މިންވަރަށްވުރެ އިތުރަށް ޕައިލެޓުން ވަޒީފާއަށް ނެގުމަށްވެސް މަޖުބޫރުކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި ދާއިރާއިން މިވަގުތަށް އިތުރަށް ވަޒީފާގެ ފުރުޞަތު އެކަށީގެންވާގޮތުގައި ނެތުމާއެކު، އިތުރަށް ޕައިލެޓުކަން ކިޔަވަން ސްކޮލަރޝިޕް ދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވަޒީފާއަށް ޕްރޮފެޝަނަލުން ބޭނުންވާ ވަރަށް ގިނަ އެހެން މުހިންމު ދާއިރާތައް އެބަހުރިކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވަޒީފާގެ މާކެޓުގައި ފުރުޞަތު ނެތް ދާއިރާއަކުން ކިޔެވުމުގެ ބަދަލުގައި، ފުރުޞަތު ހުރި ދާއިރާތަކުން ކުރިއަށްދިއުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު