ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު "މަޖުނޫން"ގެ އޮފިޝަލް ޓްރެއިލަރާއި ލަވަތައް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އާއި ލަވަތައް އާންމުންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ، އެކަމަށްޓަކައި ހާއްސަކޮށްގެން މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި އޮލިމްޕަސް ސިނަމާގައި ބާއްވާ ހާއްސަ އިވެންޓެއްގައެވެ.
"މަޖުނޫން" އަކީ ތަގުދީރާ ދެކޮޅަށް ލިޔެވިފައިވާ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ލޯބީގެ ރީތި ފިލްމުތަކެއް ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ މި އައު އުފެއްދުމަކީ ދިވެހި ސިނަމާއަށް ލޯބިކުރާ ގިނަ ބަޔަކު ނުހަނު ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.
މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު އަހްމަދު ޝާރިފް އަދި މަރިޔަމް ޝިފާއެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ، މުހައްމަދު މަނިކުގެ އިތުރުން ލާލީ އަދި އެވްލީ ހިމެނެއެވެ.
މި ފިލްމުގެ ކުރު ޓީޒާއެއް މި މަހުގެ 15 ވަނަ ދުވަހު އާންމުކޮށްފައިވާއިރު، އެ ޓީޒާއަށް ލިބުނު ބޮޑު ތަރުހީބާއެކު ފިލްމަށް އޮތް އިންތިޒާރު ވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ.
ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ނަހުލާގެ މި އައު ޖާދޫ "މަޖުނޫން" އޮލިމްޕަސް ސިނަމާގެ ބޮޑު ސްކްރީނަށް އަންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު