އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81) ގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރޭގެ ވަގުތެއްގައި އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ދުނިޔޭގެ ލީޑަރުން އެއްތަންވާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ނައިބު ރައީސެވެ. މި ދަތުރުފުޅުގެ ތެރެއިން އދ. ގެ މަތީ ފަންތީގެ އެކި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބަޔާންތަކުގައި ރާއްޖެއަށް މުހިންމު ދާއިރާތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
މީގެއިތުރުން، އާންމު މަޖިލީހުގެ ބަހުސް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން، ސަމިޓުގެ ހަވާސާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ގިނަ ހަރަކާތްތަކާއި ހަފުލާތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރެއްވުމުގެ ގޮތުން، ދޭދޭ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަލްޓިލެޓަރަލް ނުވަތަ ގިނަ ގައުމުތައް އެކުވެގެން ބާއްވާ މަތީ ފަންތީގެ މަޝްވަރާތަކުގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އަޑު އުފުލުމަށާއި، އެކުވެރި ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.
އދ. ގެ އާންމު މަޖިލީހުގެ މި ސެޝަނުގެ މުހިންމު ހަރަކާތްތައް ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ތާވަލުކުރެވިފައިވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ.

ކިޔުންތެރިންގެ ހިޔާލު