2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވާދަނުކުރައްވާނެ ކަމަށް މީޑިއާތަކުގައި އަޑުފެތުރިފައި ވީނަމަވެސް، އެކަން އަދި ކަށަވަރުވެފައި ނުވާކަމަށް "ރަސް" އަށް މަޢުލޫމާތު ލިބިއްޖެއެވެ.
މިއަހަރުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރެއްވުމަށް ރައީސް ޞާލިޙު ނިންމަވާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް، އެ މަނިކުފާނު އަދި މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.
"ރަސް" އަށް އިތުބާރު ހުރި މަގުން އެނގިފައިވާ ގޮތުގައި، ރައީސް ޞާލިޙު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިޞަލް ނަސީމަށް އެމްޑީޕީގެ ޕްރައިމަރީގައި ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުޤުވެރިކަމާއެކު، ފައިޞަލް ނަސީމް ވަނީ މިދިޔަ އާދީއްތަ ދުވަހު ރައީސް ޞާލިޙާ ބައްދަލުކުރައްވައި ސިޔާސީ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އެހެންނަމަވެސް، މި ބައްދަލުވުމާއި މަޝްވަރާތަކާ ގުޅޭގޮތުން ރައީސް ޞާލިޙު ވިޔަސް އަދި ފައިޞަލް ވިޔަސް މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގައި 16 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެމްޑީޕީއާ ގުޅިވަޑައިގަތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި މިހާރުވެސް ގަދަވެފައިވާއިރު، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވައި، ނުރަސްމީކޮށް ކެމްޕޭން ހަރަކާތްތައް ފަށްޓަވާފައެވެ.
އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަން ދުވަހެއް ދުވަހަކަށް ހޫނުވަމުންދާއިރު، ވެރިކަންކުރާ ޕީއެންސީން ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕްރައިމަރީއަކާ ނުލައި އެރުވުމަށް ނިންމައި އެކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވެރިކަންކުރާ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅައި ތައްޔާރުވަމުން އަންނައިރު، އިދިކޮޅު އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ވެގެންދާނީ އެ ޕާޓީގެ އިސް ލީޑަރުންގެ މެދުގައި ވަރުގަދަ ސިޔާސީ ކުރިމަތިލުންތަކެއް ފެނިގެންދާނެ، އަދި ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު ނާޒުކު އަދި ފޯރިގަދަ އިންތިޚާބަކަށެވެ.

ކިޔުންތެރިންގެ ހިޔާލު