މާލޭގެ ޖިމަކުން ނުކުތް ޒުވާން އަންހެނެއްގެ ފޯނާއި ކަރުގައި އޮތް ރިހިފަށް ފޭރިގަނެ، އޭނާ ސިޑިން ވައްޓާލައި ޒަޚަމްކޮށްލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން އަދަބު ކަނޑައަޅާފައިވަނީ މ. ނާލާފުށި، ބަނަފްސާގެ، މޫސާ ނާފިޢުގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ފަސްވަނަ ދުވަހުގެ ރޭ 20:15 ހާއިރު، މާލޭގެ ފަރީދީމަގުގައި ޖިމެއް ހިންގަމުންދާ އިމާރާތެއްގެ ތެރޭގައެވެ. ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ވަގުތު އެ އިމާރާތުގައި ހުރި އަންހެން ކުއްޖާގެ އަތުން މޯބައިލް ފޯނު ޖަހައިގަނެ، އޭނާގެ ކަރުގައި އަޅާފައި އޮތް ރިހިފަށް ކަނޑައިގަތީ ނާފިޢުއެވެ. އަދި އެއަށްފަހު އެ އަންހެން ކުއްޖާ ސިޑިން ތިރިއަށް ވައްޓާލުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ނާފިޢުގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ހިމެނެނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާއި، އަނިޔާއެއް ދިނުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައްޔާއި އަވަސްނިޔާގެ ޝަރީއަތުގައި ވެސް، އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ނާފިޢު ވަނީ އެ ތިން ދައުވާއަށް ވެސް ފުރިހަމައަށް އިއުތިރާފުވެފައެވެ.
ނާފިޢު ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތިން އަދަބުގެ ދަރަޖަ ވަނީ ލުއިކޮށްދީފައެވެ. އެގޮތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށަށް ހަތަރު މަހާއި ސައުވީސް ދުވަހުގެ ޖަލު ހުކުމެއް އިއްވި އިރު، އަނިޔާއެއް ދިނުމުގެ ކުށަށް ވަނީ ސަތާވީސް ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވީ ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ކޯޓުގެ ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށް މީގެ ކުރިން ވެސް މި އަހަރުގެ ތެރޭގައި ނާފިޢުގެ މައްޗަށް ސާބިތުވެ އަދަބު ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި އޭނާ ކުށަށް އިއުތިރާފުވެ ޝަރީއަތް އަވަސްކުރުމަށް އެއްބާރުލުން ދީފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން އަދަބު ލުއިކޮށްދެވުނީ ކަމަށް ކޯޓުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު